ތާރީހީ ބަދަލެއް - ސްޓޮކް އެކްސްޗޭޖަށް ސަރުކާރުގެ ބޮންޑެއް، އާއްމުންނަށް ފުރުސަތެއް

ސަރުކާރުން ފުރަތަމަ އިޝޫ ކުރަނީ 50 މިލިއަން ރުފިޔާގެ ބޮންޑެކެވެ. މި ބޮންޑް ލިސްޓް ކުރާނީ މާދަމާ އެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މަޖިލީހުގައި ވާހަކަ ދައްކަވަނީ -- މަޖިލިސް

މިހާތަނަށް ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ސަރުކާރުގެ ބޮންޑް ވިއްކަން އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ފިނޭންސުން މިވަނީ ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖު ގައި ޓްރެޝަރީ ބޮންޑެއް ވިއްކަން ނިންމާފަ އެވެ.

"މި" ނޫހަށް އެނގިފައިވާ ގޮތުގައި މި ބޮންޑު ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓު ކުރުމުގެ ގޮތުން މާދަމާ ހާއްސަ އިވެންޓެއް ވެސް އޮންނާނެ އެވެ. މި ބޮންޑުގެ ސިފަތައް އެނގިގެންދާނީ އިޝޫ ކުރުމުންނެވެ. 

ސަރުކާރުން އިޝޫ ކުރަނީ 50 މިލިއަންގެ ބޮންޑެއް

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ 50 މިލިއަން ރުފިޔާގެ ބޮންޑެއް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓު ކުރުމަށް އިޝޫކުރަން ނިންމާފައިވާ ކަމަށެވެ.

ތާރީހީ މި ބަދަލާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު "މި" ނޫހަަށް މިއަދު ވިދާޅުވީ މަގުސަދަކީ އިންވިޖުއަލްސް އަށް ސެކްންޑްރީ މާކެޓުގައި ސަރުކާރުގެ ބޮންޑުގައި އިންވެސްޓް ކުރަން ފުރުސަތު ދިނުން ކަމަށެވެ. މި ބަދަލުގެ މައިގަނޑު މަގުސަދަކީ މިއީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ އައުޝަން ލަތީފު -- މިހާރުގެ ފޮޓޯއެއް

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ އައުޝަމް ލަތީފް "މި" ނޫހަށް މިއަދު ވިދާޅުވީ ސްޓޮކް ސެކްޗޭންޖަށް މި ބަދަލަކީ ތާރީހީ ބޮޑު ބަދަލަށް ވެގެންދާނެ އެވެ. މިކަމަކީ ސަރުކާރަށްވެސް ފައިނޭންސް ހޯދަން އާ ދޮރަކަށްވުމުގެ އިތުރުން އިންޑިވިޖުއަލްސް އަށް ވެސް ފައިސާ ހޯދަން އާ މަގަކަށްވާނެ އެވެ.

"މި ބަދަލުން އާ އިންވެސްޓާ ބޭސްއެއް މި ލިބިގެންދަނީ. މިހާތަނަށް މި އޮތީ ޕެންޝަން ފަންޑާއި މިފަދަ ފަންޑުތަށް،" އައުޝަމް ވިދާޅުވި އެވެ.

މިހާތަނަށް ސަރުކާރުން އެތެރޭގައި ވިއްކަނީ ޓީބިލެވެ. މި ޓީބިލް ގަންނަނީ ބޮޑެތި ފަންޑުތަކާއި ކޮމާޝަލް ބޭންކްތަކުންނެވެ. މިގޮތުން ޓީބިލް ވިއްކަނީ  28 ދުވަހާއި 98 ދުވަހާއި 182 ދުވަހުގެ އިތުރުން 364 ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދައްކަންޖެހޭ ގޮތަށެވެ. ޓީބިލްއަކީ އާމްދަނީ ހޯދަން ނަގާ ދަރަންޏެކެވެ. ސަރުކާރުން ޓީބިލް ވިއްކުމުން ގަންނަނީ ބޭންކްތަކާއި ޕެންޝަލް ފަންޑު ފަދަ އިންސްޓިޓިއުޓްތަކުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.