ޔުނާން ޝަރުތުތަކާ ހިލާފުވެއްޖެ، ޖަލަށް ބަދަލުކޮށްދޭން އެދިއްޖެ

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޔުނާން ވަނީ ޝަރުތުތަކާއި ހިލާފުވެފައެވެ. އެ ގޮތުން ބޭސްފަރުވާ އަށް ނޫން ބޭނުންތަކުގައި އޭނާ ގެއިން ބޭރުގައި އުޅެ އެވެ.

ފިލްމީ ތަރި ޔުނާންގެ ދެމަފިރިން

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވި މައްސަލާގައި ހައްޔަރު ކޮށްފައިވާ ފިލްމީ ތަރި ޔުނާން، ޖަލު ބަންދުން ދޫކޮށްލަން ކުރި ޝަރުތުތަކާއި ހިލާފުވެފައިވާތީ އޭނާ އަލުން ޖަލު ބަންދަށް ގެންދިއުމުގެ އަމުރަކަށް ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން އެދިއްޖެ އެވެ. 

ޔުނާން އާއި އޭނާގެ އަންހެނުން، ރިހުލާ ހައްޔަރު ކޮށްފައި ވަނީ ޖިންސީ ގޯނާގެ މައްސަލައެއްގައި 2020 ވަަނަ އަހަރުގެ އޮގަސްޓް މަހު ހަތަރު ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ޔުނާން ހުރީ ޖަލު ބަންދު ގައެވެ.

ނަމަވެސް ބަންދު މުރާޖައާ ކޮށް ހުޅުމާލެ ކޯޓުން މިހާރު ވަނީ ޔުނާން ޖަލު ބަންދުން ދޫކޮށްލީ ޝަރުތުތަކެއް ކޮށްފައެވެ. އެއީ؛

  •  ބޭސް ފަރުވާއަށް ނޫނީ ގެއިން ބޭރަށް ނުނިކުތުން
  •  ކުޑަކުދީންނާ އެކު ނޫޅުން (ދަރީން ފިޔަވާ)
  •  އަނިޔާ ލިބުނު ކުއްޖާއާ އެއްވެސް މުއާމަލާތެއް ނުކުރުން
  •  ދިރިއުޅޭ ތަނެއް ކޯޓަށް އެންގުން (އަންހެން ރިހުލާ ދިރިއުޅޭ ތަނެއްގައި އުޅުމުގެ ހުއްދަ)
  •  މާލެ އިން ފުރާނަމަ ކޯޓްގެ ހުއްދަ ހޯދުން
  •  މީޑިއާއަށް އެއްވެސް މައުލޫމާތެއް ނުދިނުން

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޔުނާން ވަނީ ޝަރުތުތަކާއި ހިލާފުވެފައެވެ. އެ ގޮތުން ބޭސްފަރުވާ އަށް ނޫން ބޭނުންތަކުގައި އޭނާ ގެއިން ބޭރުގައި އުޅެ އެވެ. އެހެން ކަމުން ހުޅުމާލެ ކޯޓަށް މައްސަލަ ހުށައަޅާ އަލުން ޖަލު ބަންދަށް ބަދަލު ކޮށްދޭން ވަނީ އެދިފައެވެ.

ޔުނާން އާއި އޭނާގެ އަންހެނުން ރިހުލާގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައިވެއެވެ. އެގޮތުން ޔުނާންގެ މައްޗަށް ނުވަ ދައުވާއެއް ވަނީ އުފުލާފައެވެ. އަދި އޭނާގެ އަންހެނުން ރިހުލާގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައިވެއެވެ.

ފިލްމީ ތަރި ޔުނާންގެ ދެމަފިރިން

ޔުނާންގެ މައްޗަށް އުފުލާފައިވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ޖިންސީ އަމަލެއް ބަޔަކާއެކު ހިންގާ މަންޒަރު ކުއްޖާއަަށް ދެއްކުމުގެ ދެ ދައުވާ އާއި ކުއްޖާ ލައްޖާ ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ އާއި އާއިލާގެ މެންބަރަކު އެ އާއިލާގެ ކުއްޖަކާއި މެެދު ޖިންސީ އަލަމެއް ހިންގުމުގެ ދައުވާ އާއި އެ މަންޒަރު ކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އާއި އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާއެވެ.

ރިހުލާގެ މައްޗަށް އުފުލާފައިވަނީ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އާއި ކުޑަކުއްޖެއްގެ ހާޒިރުގައި އެ ކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އާއި އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާއެވެ.

ޔުނާން އާއި ރިހުލާގެ މައްޗަށް ކުޑަކުއްޖަކާއެކު ގަދަ ކަމުން ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތުކޮށް އެ މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައި ވަނީ ޔުނާންގެ އެއްބަނޑު އެއްބަފާ ބޭބެ ކަމަށް ވެއެވެ. މީގެ ކުރީން ރިހުލާ ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.