ގުޑުގުޑާ ދޫނިތަކަށް އުނދަގޫވާ ހިސާބަށް ކަަައިރިނުވަން އެދިއްޖެ

ގުޑުގުޑާ ދޫނީ އުތުރުގެ މައި ސިޓީ -- ކުޅުދުއްފުއްޓަށް މި ފަހަރު ވެސް ވަނީ އައިސްފައެވެ. ނޮވެންބަރު ފަހު ކޮޅުން ފެށިގެން އެ ދޫނިތައް ކުޅުދުއްފުށި ކުޅީގައި އުޅެއެވެ.

ކުޅުދުއްފުށި ސިޓީ ކުޅީގައި ގުޑުގުޑާ ދޫނިތަކެއް

ގުޑުގުޑާ ދޫނިތަކަށް އުނދަގޫވާ ހިސާބަށް ކަަައިރިވެ އެ ސޮރުމެންނަށް އުނދަގޫވާނެ ހެން އަމަލުތައް ނުބެހެއްޓުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން އެދިއްޖެ އެވެ.

ކޮންމެ އަހަރަކު ވެސް މި ދުވަސްވަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިޖުރާ ދޫނި ފެންނަ ދުވަސްވަރެކެވެ. ރާއްޖޭ ގައި އާންމުކޮށް ނޫޅޭ އެކި ބާވަތްތަކުގެ ދޫނި އިރުވައި މޫސުމުގެ މި ދުވަސްތަކާއި ދިމާކޮށް ރާއްޖެ އަށް ހިޖުރަ ކުރެ އެވެ.

އެންމެ ފާހަގަކޮށްލެވެނީ ކޮންމެ އަހަރަކު މި ދުވަސްވަރު ފްލެމިންގޯ -- ގުޑުގުޑާ ދޫނީގެ ހިޖުރަ ކުރުމެވެ. ގުޑުގުޑާ ދޫންޏަކީ ރާއްޖޭގައި އުޅޭ ބާވަތުގެ ދޫންޏެއް ނޫނެވެ. މިއީ ވަކި މޫސުމަށް ހަމައެކަނި ރާއްޖެ އަށް ހިޖުރަ ކުރާ ބާވަތެކެވެ.

ގުޑުގުޑާ ދޫނީ އުތުރުގެ މައި ސިޓީ -- ކުޅުދުއްފުއްޓަށް މި ފަހަރު ވެސް ވަނީ އައިސްފައެވެ. ނޮވެންބަރު ފަހު ކޮޅުން ފެށިގެން އެ ދޫނިތައް ކުޅުދުއްފުށި ކުޅީގައި އުޅެއެވެ.

ކުޅުދުއްފުށި ސިޓީ ކުޅީގައި ގުޑުގުޑާ ދޫނިތަކެއް

ކުޅުދުއްފުށީ ކައުންސިލުން މިއަދު ބުނީ އެ ސިޓީގެ ކުޅިއަށް ދޭތެރެ ދޭތެރެއިން ޒިޔާރަތްކުރާ ގުޑުގުޑާ ދޫނިތައް އަންނަނީ ރަށަށް އުފާވެރިކަމާއި އިތުރު ދިރުމެއް ގެނެސް ދެމުން ކަމަށެވެ.   މި ފަދަ މޫސުމީ ދޫނި ރަށުގައި މަޑުކޮށްގެން ތިބުމަށް އެސޮމެންނަށް އަމާން ފަސޭހަ މާހައުލެއް ހޯދައިދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ.

އެހެން ކަމުން ކެނޯ އާއި ޑްރޯން ދުއްވާ މީހުން ދޫނިތަކަށް އުނދަގޫވާ ހިސާބަށް ކައިރި ނުވުމަށާއި މި ދޫނިތަކަށް ގޯނާވާނޭފަދަ އެއްވެސް އަމަލެއް ނުހިންގުމަށް އިލްތިމާސްކުރާ ކަމަށެވެ.

މިދިޔަ އަހަރުތަކުގައި ގިނަ ރަށްތަކަކުން މި ބާވަތުގެ ދޫނި ފެނިފައިވެއެވެ. ދޫނިތަކަށް ގޯނާ ކުރުމާއި ހިފުމާއި އެ ތަކެތި ކަތިލުން ފަދަ ކަންކަމަކީ މަދުން ނަމަވެސް ހިނގާ ކަންކަމެވެ. އެކަން ހުއްޓުވަން ކަމާބެހޭ އިދާރާތަކުން ބައެއް ފިޔަވަޅު ތައް އަޅަ އެވެ. ގާނޫނީ އިންޒާރު ދެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.