ހިޔާގައި އިތުރު ލިފްޓް ހަރުކުރަން ބަޔަކާ ހަވާލު ކުރަނީ

އެކަމާ ގުޅޭ ނިންމުންތައް ނިންމާ އެގްރީމަންޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

ހިޔާ ޓަވަރުތައް: އިތުރު ލިފްޓް ހަރުކުރަން ވަރަށް އަވަހަށް ހަވާލު ކުރާނެ

ހުޅުމާލެ ހިޔާ އަވަށުގައި އިމާރާތް ކޮށްފައިވާ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓްތައް ހަރު ކުރުމަށް ވަރަށް އަވަހަށް ބަޔަކާ އެކު އެގްރީމަންޓް ހަދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުގެ ކެމްޕެއިން ގައި ހިޔާ އަވަށް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ ހިޔާ ޓަވަރުތަކަށް ފަސޭހަ އިން އަރާ ފޭބޭނެ ގޮތް ހެދުމަށް އިތުރު ލިފްޓްތައް ހަރުކުރުމެވެ. ރައީސް މުއިއްޒު ވަނީ ކޮންމެ ޓަވަރެއް ގައި އިތުރު ދެ ލިފްޓް ހަރުކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ މަސައްކަތް ކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމެނުމަށް ފޮނުއްވާފައިވާނެ ކަމަށް ފަހުން ވިދާޅުވި އެވެ.

ހިޔާ އަވަށުގައި އިމާރާތް ކުރާ އާ ސުކޫލުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ އެެ އަވަށަށް ވެވަޑައިގެންނެވި ވައުދުތައް ހަނދުފުޅުގައި އެބަހުރި ކަމަށް ވިދާޅުވެފައެވެ. ވައުދުވެވަޑައިގެންނެވި ގޮތަށް ކޮންމެ ޓަވަރެއް ގައި އިތުރު ދެ ލިފްޓް ބަހައްޓަވާނެ ކަމަށް ވިދާޅުވި އެވެ.

އަދި އެކަމާ ގުޅޭ ނިންމުންތައް ނިންމާ އެގްރީމަންޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

ހިޔާ ޓަވަރުތައް: އިތުރު ލިފްޓް ހަރުކުރަން ވަރަށް އަވަހަށް ހަވާލު ކުރާނެ

ހިޔާ އަވަށުގައި އިމާރާތް ކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި ބައި ލައްކައެއްހާ މީހުން ދިރިއުޅެއެވެ. ބައެއް ޓަވަރުތަކުގައި މިހާރު ހުރީ ތިން ލިފްޓެވެ. ބައެއް ޓަވަރުތަކުގައި ހަތަރު ލިފްޓެވެ. މީހުން ގިނަވެ އަރާ ފޭބުމުގައި ދަތިވުމުގެ ޝަކުވާ ބޮޑެވެ.

އާބަންކޯ އިން ވެސް މީގެ ދެ ހަފްތާ ކުރީން ވަނީ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓްތައް ހަރު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ބުނެފައެވެ.

ރައީސް މިއަދު ވިދާޅުވީ ހިޔާ އަވަށަށް އެމަނިކުފާނު ވެވަޑައިގެންނެވި އެހެން ހުރިހާ ވައުދުތަކެއް ވެސް ތާވަލާ އެއްގޮތަށް ކުރިއަށް ދާނެ ކަމަށެވެ. އެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.