ރައީސްގެ ފަސް އަހަރުގެ އަމާޒު: ޕްރައިމަރީ / ސެކަންޑަރީގައި މުޅީން ދިވެހި ޓީޗަރުން

ޓީޗަރުން ބިނާ ކުރުމަކީ ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމެއް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެކަމުގައި އެމަނިކުފާނުގެ އަމާޒެއް އެބަ އޮތް ކަމަށެވެ.

ހިޔާ އަވަށުގައި އާ ސުކޫލެއް އިމާރާތް ކުރުމަށް ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ގައި ރައީސް ވާހަކަފުޅު ދައްކަވަނީ

މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ޕްރައިމަރީ / ސެކަންޑަރީ ލެވެލްގެ ހުރިހާ ޓީޗަރުންނަކީ ފެންވަރު ރަނގަޅު ދިވެހި ޓީޗަރުންނަށް ހެދުމަކީ އަމާޒެެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ހިޔާ އަވަށުގައި އާ ސުކޫލެއް އިމާރާތް ކުރުމަށް ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ޓީޗަރުން ހިމެނޭހެން ބައެއް ވަޒީފާތައް ހަމައެކަނި ދިވެހީންނަށް ހާއްސަ ކުރުމަށް ސަރުކާރުން އިއްޔެ ނިންމަވާފައިވާ ކަމަށެވެ.

ޓީޗަރުން ބިނާ ކުރުމަކީ ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމެއް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެކަމުގައި އެމަނިކުފާނުގެ އަމާޒެއް އެބަ އޮތް ކަމަށެވެ. އެއީ ފަސް އަހަރުތެރޭ ޕްރައިމަރީ / ސެކަންޑަރީ ލެވެލްގެ ހުރިހާ ޓީޗަރުންނަކީ ފެންވަރު ރަނގަޅު ދިވެހި ޓީޗަރުން ކަަމަށް ހެދުމެވެ.

އެ ބަދަލު އައުމުން ދަރިވަރުންގެ ސިކުޑި ބިނާ ކުރުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ހިޔާ އަވަށުގައި އާ ސުކޫލެއް އިމާރާތް ކުރުމަށް ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތު

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ އެންމެ މުހިންމު މަޝްރޫއު އަކީ ދަރިވަރުންގެ ސިކުޑިތައް ބިނާ ކުރުން ކަމަށެވެ. އަދި ހިޔާ އަވަށު ގައި އިމާރާތް ކުރެވޭ އެ ސުކޫލު އެމަނިކުފާނު ފާހަގަ ކުރެއްވީ އެ މަޝްރޫއުގެ ފެށުމުގެ ގޮތުގައެވެ.

ރައީސް ވިދާޅުވީ ގައުމުގެ އިމާރާތްތައް ކިތަންމެ އުސްވި ނަމަވެސް ސިކުޑިތައް ބިނާ ނުކުރާނަމަ ގައުމަށް އޮތް ފައިދާ އެއް ނެތް ކަމަށެވެ. އަދި ތައުލީމަކީ ހެޔޮ ގޮތުގައި ނުދެވިއްްޖެނަމަ އެކަމުގެ ދެރަ މުޅި ގައުމަށް ލިބޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުން ބިންގާ އެޅި ފުރަތަމަ އިމާރާތަކީ ސުކޫލަކަށް ވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާ މިއަދު ބިންގާ އެޅި ސުކޫލުގެ މަސައްކަތް ޖަނަވަރީ ފުރަތަމަ ހަފްތާގައި ފެށި ގިނަ ވެގެން 18 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ހިޔާ އަވަށުގައި އާ ސުކޫލެއް އިމާރާތް ކުރުމަށް ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ގައި ރައީސް ވާހަކަފުޅު ދައްކަވަނީ

ރައީސް ވިދާޅުވީ އާ ސަރުކާރު ފެށުނުއިރު އެކި ރަށްރަށުގައި ފަށާ ނުނިމި ހުއްޓިފައި ހުރި ސުކޫލު މަޝްރޫއުތައް އެބަ ހުރި ކަމަށެވެ. ހާއްސަކޮށް ގިނަ ރަށްތަކެއްގައި މަލްޓިޕާޕަސް ހޯލުތައް އިމާރާތް ކުރަން ފެށި ނުނިމިވާ ކަން ފާހަގަ ކުރެއްވި އެވެ.

ރައީސް ދެއްވި ޔަގީން ކަމަކީ އެ މަސައްކަތްތައް އަންނަ އަހަރު އަލުން ފައްޓަވާނެ ކަމެވެ. އަދި ތައުލީމީ ދާއިރާއަށް ކުރާ ހޭދަ ބޮޑުކޮށް އެ ދާއިރާގެ ތަރައްގީއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.