ހިޔާ އަވަށަށް 1700 ކުދީންގެ ޖާގައިގެ ސުކޫލެއް، ބިންގާ އަޅައިފި

ސުކޫލުގައި 1،700 ވުރެ ގިނަ ދަރިވަރުންނަށް ކިޔެވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި އެވެ. ޖުމްލަ 54 ކްލާސް ރޫމް ހިމެނޭނެ އެވެ.

ހިޔާ އަވަށު ގައި އިމާރާތް ކުރާ އާ ސުކޫލުގެ ބިން ރައީސް އަޅުވައި ދެއްވަނީ

ހިޔާ އަވަށު ގައި އިމާރާތް ކުރާ އާ ސުކޫލުގެ ބިންގާ އަޅައިފި އެވެ.

ސުކޫލުގެ ބިންގާ އަޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވި ގޮތުގައި ހިޔާ އަވަށު ގައި އާ ސުކޫލެއް އިމާރާތް ކުރުމަކީ ރައީސް މުއިއްޒު ވަރަށް އިސްކަން ދެއްވާ ކަމެކެވެ. އަދި އެ މަސައްކަތް ވީހާވެސް އަވަހަށް ފައްޓަވާ ސުކޫލުގެ މަސައްކަތް ނިންމާ ކިޔަވައިދިނުން ފެށުމަށް ރައީސް ވަރަށް ބޮޑަށް ބާރު އަޅުއްވާ ކަމަށެވެ.

ހިޔާ އަވަށު ގައި މިވަގުތު ހުރީ ކުރީ ސަރުކާރުގެ ދުވަސްވަރު އިމާރާތް ކުރި ރާއްޖޭގެ ފުރަތަމަ އެޑިއުކޭޝަން މިނިސްޓަރުގެ ނަންފުޅުން ނަން ދެވިފައިވާ "އަހްމަދު ކާމިލް ދީދީ ސުކޫލު" އެވެ. މިނިސްޓަރު ވިދާޅުވީ ހިޔާ އަވަށުގައި ބޮޑު އާބާދީ އެއް އޮތުމުން އިތުރު ސުކޫލެއް ނެތުމަކީ އަވަށުގެ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ދައްޗެއް ކަމަށެވެ.

އެހެން ކަމުން ވަރަށް ގިނަ ދަރިވަރުން ހުޅުމާލޭގެ ފޭސް އެކެއް އަދި މާލޭގެ ސުކޫލުތަކަށް ކޮންމެ ދުވަހަކު ކިޔަވަން ދާން ޖެހޭ ކަމަށެވެ. އާ ސުކޫލާ އެކު އެކަމަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ހިޔާ އަވަށު ގައި އިމާރާތް ކުރާ އާ ސުކޫލުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު

އާ ސުކޫލުގެ ނަމެއް ހާމައެއް ނުކުރެ އެވެ. މިނިސްޓަރު ވިދާޅުވީ މި ސުކޫލު ވެގެން ދާނީ އެންމެ ރަނގަޅު ކްލާސް ރޫމްތަކާއި ޒަމާނީ ވަސީލަތްތަކާ އެކު ބިނާ ކުރެވޭ ސުކޫލަކަށް ކަމަށެވެ.

ސުކޫލުގައި 1،700 ވުރެ ގިނަ ދަރިވަރުންނަށް ކިޔެވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި އެވެ. ޖުމްލަ 54 ކްލާސް ރޫމް ހިމެނޭނެ އެވެ. މިއީ ކޮންޓެކްޓާ ފައިނޭންސް އުސޫލުން އާރުސީސީން އިމާރާތް ކުރާ ސުކޫލެކެވެ. 

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތައުލީމަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން ވަރަށް ބޮޑަށް އަމާޒު ހިފާފައިވާ ކަމަށެވެ. އެ ގޮތުން ދިވެހި ޓީޗަރުން ބިނާ ކުރުމުގެ ޕްރަގްރާމެއް ފެށުމާ އެކު ގައުމިއްޔަތުގެ މާއްދާއެއް ކަރިކިއުލަމް ގައި ހިމެނުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.