ރައީސް މުއިއްޒު، ރައީސް މައުމޫނާއި ބައްދަލު ކުރައްވައިފި

ރައީސް އޮފީހުން ބުނީ މި ބައްދަލްވުމުގައި ދެ ރައީސުން މަޝްވަރާ ކުރެއްވީ ގައުމުގެ އިޖުތިމާއީ އަދި ސިޔާސީ ކަންކަމާ ގުޅޭގޮތުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު: ދެ ބޭފުޅުން މިއަދު ވަނީ ބައްދަލު ކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މިއަދު ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލު ކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. ރައީސް އޮފީހުން ބުނީ މި ބައްދަލްވުމުގައި ދެ ރައީސުން މަޝްވަރާ ކުރެއްވީ ގައުމުގެ އިޖުތިމާއީ އަދި ސިޔާސީ ކަންކަމާ ގުޅޭގޮތުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ނިމިގެންދިޔަ އިންތިހާބު ގައި ރައީސް މައުމޫނާއި އެމަނިކުފާނުގެ ޕާޓީ -- އެމްއާރްއެމުން އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރެ އެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ދަރިކަލުން ފާރިސް މައުމޫން ކުރިމަތިލެއްވި އެވެ.

މައުމޫންގެ ބޭފުޅުންގެ ތެރެެއިން ހަގު ދަރިކަލުން ޣައްސާން މައުމޫނަކީ މިހާރުގެ ޑިފެންސް މިނިސްޓަރެވެ. ދަރިކަނބަލުން ދުންޔާ މައުމޫން ވަނީ ސަރުކާރު ޕާޓީގެ ޓިކެޓް ހޯދަން މަޖިލީސް ޕްރައިމަރީ އަށް ކުރިމަތި ލައްވާފައެވެ.

ރައީސް މުއިއްޒު، ރައީސް މައުމޫނާއި ބައްދަލު ކުރެއްވިއިރު މިދިޔަ ހަފްތާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ނެޝަނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމާއި ޑިވެލޮޕްމަންޓް އެލަޔަންސްގެ ރައީސް އަހްމަދު ސިޔާމް އާއި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފްއާ ވަނީ ބައްދަލު ކުރައްވާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.