ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑޮލަރު ލިމިޓް 1،200 އަށް ބޮޑު ކުރަނީ

މިހާރު ޑޮލަރު ލިމިޓަކަށް އޮންނަނީ 750 ޑޮލަރެވެ. ނަމަވެސް މި ބަދަލާއެކު ބޮޑު ކޮންމެ މަހަކު 1،200 ޑޮލަރު ލިބޭނެ އެވެ.

ރާއްޖޭން ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް މިހާރު ދެމުން ގެންދާ ޑޮލަރު ލިމިޓް 750 ޑޮލަރުން 1،200 ޑޮލަރަށް އިތުރު ކުރަން ނިންމައިފި އެވެ. 

ބޭރުގައި ކިޔަވާ ކުދިންނަށް ގިނަ ދަތިތަކެއް ކުރިމަތިވަމުން އަންނަ މި މައްސަލައަށް ލުޔެއް ގެނައިކަން އިއުލާނު ކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް އެވެ. ނާޒިމް ވިދާޅުވީ މި ބަދަލު ގެންނަން ނިންމާފައިވަނީ ކެބިނެޓުން ނިންމުމާއެކު ބެންކާއި އެމްއެމްއޭ ގުޅިގެން ކަމަށެވެ. 

އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާ

"މަރުހަލާތަކަށް ބަހާލައިގެން ޑޮލަރު ލިމިޓް މަތި ކުރަން މަޝްވަރާ ކުރެވުނީ. ފުރަތަމަ ސްކޯލާޝިޕްގައި ތިބި ދަރިވަރުންނާއި އެހެނިހެން ކިޔަވާ ކުދިން. އެކަމަކު އިގްތިސޯދީ ހާލަތާއި ކަންކަމަށް ބެލުމަށްފަހު ބަދަލު ގެންނާނެ. މައިގަނޑު ސިޔާސަތަކީ މިއީ،" ނާޒިމް ވިދާޅުވި އެވެ. 

ރާއްޖޭން ބޭރުގައި ދިވެހިންނަށް ކޭޝް ކާޑުން މަހެއްގެ މައްޗަށް ހޭދަކުރެވޭ ލިމިޓަކީ 750 ޑޮލަރެވެ. ނަމަވެސް ހާއްސަ ހާލަތްތަކުގައި ބޭންކުން ލިމިޓް މަތިކޮށްދެ އެވެ. ރާއްޖޭގެ ގިނަ ބަޔަކު ބޭރުގައި ދިރިއުޅޭއިރު މި ލިމިޓް ކުޑަވުމުގެ ސަބަބުން ގިނަ ދަތިތަކެއް ކުރިމަތިވެ އެވެ. 

ކޮމެންޓް

1
450
ހީނާ
4 months ago

ފައިނަލީ... ގުޑް ނިއުސް! މިއީ ކިޔަވާ ކުދިންނަށް ލިބުން ވަރަށް ބޮޑު ލުޔެއް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.