މަސައްކަތް ހުއްޓިފައި އޮތް 17 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް އަލުން ފަށައިފި

އަތޮޅުތެރޭގައި ކުރިއަށް ގެންދަން އާރުޑީސީއާ ހަވާލުކޮށްފައިވާ 37 މަޝްރޫއުގެ ތެރެއިން ހުއްޓިފައި އޮތް 17 ރަށެއްގެ މަސައްކަތްތައް ވަނީ އަލުން ފަށާފައި

މިލަންދޫ މަގުތައް ތަރައްގޫކުރުން --

ކުރީ ސަރުކާރުން ހަދަން ފަށައި މަސައްކަތް ހުއްޓިފައި އޮތް 17 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.

އާރުޑީސީން ބުނީ، އަތޮޅުތެރޭގައި ކުރިއަށް ގެންދަން އެކުންފުންޏާ ހަވާލުކޮށްފައިވާ 37 މަޝްރޫއުގެ ތެރެއިން ހުއްޓިފައި ހުރި މަސައްކަތްތައް އަލުން ފަށާފައިވާ ކަމަށެވެ.  

މަސައްކަތް އަލުން ފެށި ރަށްރަށުގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ އާއި ހދ. ކުޅުދުއްފުއްޓާއި ށ. މިލަންދޫ އާއި ރ. ހުޅުދުއްފާރާއި ނ. ހޮޅުދޫ އާއި ނ. ވެލިދޫ އާއި ޅ. ހިންނަވަރާއި މ. މުލަކާއި މާލޭ، އަމީނީ މަގާއި އދ. މާމިގިއްޔާއި ދ. ކުޑަހުވަދޫ އާއި ތ. ތިމަރަފުއްޓާއި ލ. ގަން ފޭސް ދޭކާއި ގއ. ކޮލަމާފުއްޓާއި ގއ. ވިލިނގިލި ފޭސް ދޭއްގެ އިތުރުން ގދ. ތިނަދޫ ފޭސް ދޭއް، އަދި ގދ. ގައްދޫ އެވެ. 

މަސައްކަތް މެދުކަނޑާލާފައި އޮތުމަށްފަހު އަމީނީ މަގު، ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ޢަމަލީ މަސައްކަތް ސަރުކާރުން ފެށީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ. މިފަހަރު މަސައްކަތް ފެށީ އެމަގުގެ ނުނިމި އޮތް ދެ ސެގްމެންޓު ކަމުގައިވާ އިއްޒުއްދީން މަގު ދިވެހިރާއްޖޭގެ އަޑުން ފަށައިގެން މާފަންނާވީ ސަރަހައްދެވެ. އަދި މިހާތަނަށް ހަތްދިހަ އިންސައްތައާ ގާތްކުރާ މިންވަރެއްގެ މަސައްކަތް ވަނީ ނިންމާލާފަ އެވެ.

އަމީނީ މަގުގެ މަސައްކަތް ކުރިއަށް ގެންދަނީ 13 ސެގްމެންޓަކަށް ބަހާލައިގެންނެވެ. މި މަޝްރޫއުގެ ދަށުން މުޅިއެކު 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.