ދުވާފަރު ޕަވާ ސިސްޓަމް އަޕްގްރޭޑް ކުރާތީ މިއަދު އެރަށުން ކަރަންޓު ކެނޑިދާނެ

އެމްޑަބްލިޔުއެސްސީ އަކީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ފެނާއި ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ކުންފުންޏެވެ.

ރ. ދުވާފަރު --

ރ. ދުވާފަރު ޕަވާ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ މިއަދު މެންދުރުފަހު އެ ރަށުން ކަރަންޓް ކެނޑިދާނެ ކަމަށް މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ދުވާފަރު ޕަވާ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަދު ކުރުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހު، 1:00 އިން ހަވީރު 5:00އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. 

އެ މަސައްކަތް ކުރަމުން އަންނަ ވަގުތުތަކުގައި ރަށުގެ ހުރިހާ ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް މެދު ކެނޑިދާނެކަން ފާހަގަކޮށް އެމްޑަބްލިއުއެސްސީން ވަނީ އެކަމުގެ ސަބަބުން ހިދުމަތް ހޯދައި ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ކުންފުނީގެ ފަރާތުން މައާފަށް އެދިފައެވެ.

އެމްޑަބްލިޔުއެސްސީ އަކީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ފެނާއި ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ 100 ޕަސެންޓް ދިވެހި މެނޭޖްމެންޓެއް އޮތް ޔުޓިލިޓީ ކުންފުންޏެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.