މަރުގެ ހުކުމަކީ އަނިޔާވެރި އަދަބެއް، ސަރުކާރުގެ ނިންމުން ބަދަލު ކުރަން ގޮވާލައިފި

ބަޔާނުގައި ދެން އޮތީ މަރުގެ ހުކުމަކީ އަނިޔާވެރި އަދަބެއް ކަމެވެ. ސަރުކާރުގެ އެ ނިންމާއި ދެކޮޅަށް ތެދުވާން ޝަރުއީ ނިޒާމަށް ވެސް ވަނީ ގޮވާލާފައެވެ.

ރައީސް ވަޑައިގަތުމުން ނާއިބު ރައީސް ވީއައިއޭ އިން މަރުހަބާ ދަންނަވަނީ

މަރުގެ ހުކުމަކީ އަނިޔާވެރި އަދަބެއް ކަމަށް ބުނެ މަރުގެ ހުކުމް ތަންފީޒު ކުރަން ސަރުކާރުން ނިންމި ނިންމުން ބަދަލު ކުރަން ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފި އެވެ.

އިންސާނީ ހައްގުތަކުގެ ނަމުގައި އިސްލާމީ ޝަރީއަތަށް ގޮންޖަހާ އިސްލާމްދީނުގެ ހައްދުތަކާއި ދެކޮޅަށް އަބަދު ވެެސް ވާހަކަ ދައްކާ އެ ޖަމާއަތުން ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ ސަރުކާރުގެ އެ ނިންމުމާމެދު ދުނިޔެ ކަންބޮޑުވާ ކަމަށެވެ.

މަރުގެ ހުކުމް ތަންފީޒު ކުރަން ދެކޮޅު ހަދާ ބައެއް ސަބަބުތައް ވެސް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ރާއްޖޭގައި ކުރީން ހިންގާފައިވާ ބޮޑެތި ޖަރީމާތަކަށް އިންސާފު ލިބިފައި ނުވުމާއި ރާއްޖޭގެ ޝަރުއީ ނިޒާމު އޮތް ހާލަތާއި ސިޔާސީ ހާލަތު އޮތް ގޮތް ފާހަގަ ކޮށްފައިވެއެވެ.

ބަޔާނުގައި ދެން އޮތީ މަރުގެ ހުކުމަކީ އަނިޔާވެރި އަދަބެއް ކަމެވެ. ސަރުކާރުގެ އެ ނިންމާއި ދެކޮޅަށް ތެދުވާން ޝަރުއީ ނިޒާމަށް ވެސް ވަނީ ގޮވާލާފައެވެ. އަދި ސަރުކާރުގެ އެ ނިންމުން ވަގުތުން ގެންގޮސް މަރުގެ އަދަބު ތަންފީޒު ކުރަން ނިންމި ނިންމުން ބަދަލު ކުރުމަށް ރައީސް މުއިއްޒަށް ގޮވާލާފައިވެ އެވެ.

މިހާރު އޮތް ސަރުކާރަކީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ސަރުކާރެއް ކަމަށް ހާމަ ކޮށްފަައި ވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

މަރުގެ ހުކުމް ތަންފީޒު މައްސަލާގައި ސަރުކާރުގެ ވިސްނުމަކީ ކޮބައިތޯ ސުވާލު ކުރުމުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ކެޕްޓަން ރިޓަޔާޑް އަލީ އިހުސާން ވިދާޅުވީ މިހާރު އޮތް ސަރުކާރަކީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ސަރުކާރެއް ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލާ ގާނޫނީ އިމުގެ ތެރެއިން އެކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދިވެހި ސަރުކާރަކީ މިހާރު އޮތް ސަރުކާރަކީ މަރުގެ އަދަބު ތަންފީޒު ކުރަން އަޅުގަނޑުމެން ވެސް ނިންމާފައި އޮތް ސަރުކާރެއް،" އިހްސާން ވިދާޅުވި އެވެ.

މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް އެންމެ ފާޅުގައި އިއުލާނު ކޮށް އެކަމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ގައެވެ. އެއީ ޕީޕީއެމްގެ ފުރަތަމަ ސަރުކާރެވެ. މިހާރު މި އޮތީ އެ ޕާޓީ ބައިވެރިވާ ދެވަނަ ސަރުކާރެއް އުފެދިފައެވެ.

ބޭރުގެ ނުފޫޒު ކިތަންމެ ވަރަކަށް އޮތަސް މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް ވެރިކަމުގައި ހުންނަވާ ކިތަންމެ ފަހަރަކު ރައީސް ޔާމީން ވިދާޅުވި އެވެ. އެކަމާ ގުޅޭ ގަވާއިދުތަކާއި އުސޫލުތައް ވެސް ހެއްދެވި އެވެ. މަރުގެ އަދަބު ތަންފީޒު ކުރާނެ ތަނެއް ވެސް ތައްޔާރު ކުރި އެވެ. ނަމަވެސް ޔާމީންގެ ވެރިކަން ނިމުނުއިރު އެކަން ކުރެވިފައެއް ނުވެއެވެ.

އޭގެ ފަހުން ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން އާ ސަރުކާރުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށް އިއުލާނު ކުރި އެވެ. ނަމަވެސް އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑުވުމުން މަރުގެ ހުކުމް ތަންފީޒު ކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ކަމަށާއި ނަމަވެސް އެކަން ކުރާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ފަހުގައި ކަމަށް ވަނީ ބުނެފައެވެ.

ރާއްޖޭގައި މަރުގެ ހުކުމް އެންމެ ފަހުން ތަންފީޒުކޮށްފައި ވަނީ މީގެ 65 އަހަރު ކުރިން 1954 ގަ އެވެ. ނަމަވެސް މިހާރުވެސް މަރުގެ ހުކުމް އައިސްފައި ތިބި ބަޔަކު އެބަ ތިއްބެވެ. ތިން މީހަކު މެރުމަށް ޝަރުއީ ހުރިހާ މަރުހަލާ އަކުން ވަނީ ހުކުމް ކޮށްފައެވެ.

ކޮމެންޓް

1
450
ާއަހުމަދު
4 months ago

މީހަކު މެރިމީހަކަ ވާރިސުންއެދޭނަމަ މަރަންޖެހޭ އެހެންނޫނީ ކޮބާ މަރުވިމީހާގެ ވާރިސުންގެހައްގު

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.