ތުރުކީން ދޭ 30 ސްކްލާޝިޕަށް ހުޅުވާލައިފި

މިއަހަރު ތުރުކީން ރާއްޖެއަށް ދޭ ސްކޮލާޝިޕްގެ އަދަދު 30 އަށް ވަނީ އިތުރު ކޮށްފަ އެވެ.

ރައީސް މުއިއްޒާއި ތުރުކީގެ ރައީސް އުރުދުގާން

ތުރުކީން ރާއްޖެއަށް މި ފަހަރު ދިނުމަށް ހަމަޖެހިފައިވާ 30 ސްކްލާޝިޕްގެ ފުރުސަތަށް ހުޅުވާލައިފި އެވެ.

ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދާދި ފަހުން ތުރުކީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ ތުރުކީގެ ޕްރެސިޑެންޓް ފޯ ޓާކްސް އެބްރޯޑް އެންޑް ރިލޭޓެޑް ކޮމިއުނިޓީސް އޮފް ދަ ރިޕަބްލިކް އޮފް ތުރުކީއޭ އަބްދުﷲ އެރެންއާ ކުރެއްވި ބައްދަލު ކުރެއްވުމުގައި ތުރުކީ އިން ރާއްޖެއަށްދޭ ސްކޮލާޝިޕްގެ އަދަދު 30 ޖާގަ އަށް ވަނީ އިތުރު ކޮށްފައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ މި ސްކޮލާޝިޕްތަކަށް މިހާރު ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން ޓްރޭނިން ނީޑްސް ލިސްޓް ގައިވާ އެކިއެކި ދާއިރާތަކުން ބެޗެލާސް ޑިގްރީގެ 15 ފުރުސަތާއި އާއި މާސްޓާސް ޑިގްރީގެ 10 ފުރުސަތު އަދި ޑޮކްޓޯރަލް ޑިގްރީއަށް ކިޔެވުމުގެ ފަސް ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ސްކޮލާޝިޕްގައި ކިޔަވާ ދަރިވަރުންގެ ހުރިހާ ހަރަދެއް ހަމަޖައްސާނީ ތުރުކީންނެވެ. އެގޮތުން ޓިއުޝަން ފީ އާއި މެޑިކަލް އިންޝުއަރެންސް އާއި ދެކޮޅު ޓިކެޓް އެކޮމޮޑޭޝަން އަދި ސްޓައިޕެންޑް ހިމެނެ އެވެ. އެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ތަފްސީލު ކޮށް ފެންނަން ހުންނާނެ އެވެ.

މި ފުރުސަތަށް އެދޭ ދަރިވަރުން ޖަނަވަރީ ހަތްވަނަ ދުވަހުގެ ނިޔަލަށް "މައި އެޑިއު" ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަމަވުމުން އެޕްލިކޭޝަންގެ ނަތީޖާތައް މިނިސްޓްރީގެ ވެބްސައިޓުން ފެންނާނެ ކަމަށް ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.