ލީޑަރުން ދެއްވީ އެއްބާރުލުމާ ތާއީދުގެ ޔަގީންކަން

ދާހީލީ އަދި ހާރިޖީ އެކިއެކި ކަންކަމުގައި ގައުމީ މަސްލަހަތު އިސްކުރައްވައި ސަރުކާރަށް އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލު ކުރެއްވި ސިޔާސީ ޕާޓީތަކުގެ ލީޑަރުން

ސިޔާސީ ހަތަރު ޕާޓީއެއްގެ ލީޑަރުންނާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވެވި ބައްދަލްވުންތަކުގައި ތަރައްގީގެ އެކިއެކި މަޝްރޫއުތަކާއި ދާހީލީ އަދި ހާރިޖީ އެކިއެކި ކަންކަމުގައި ގައުމީ މަސްލަހަތު އިސްކުރައްވައި ސަރުކާރަށް އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ރައީސް މުއިއްޒު މިއަދު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު / ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާއި މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސްގެ ރައީސް / ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް / ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ރައީސް / ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި ބައްދަލު ކުރައްވާފައެވެ.

ހަތަރު ލީޑަރުންނާއި ވެސް ބައްދަލު ކުރެއްވެވީ ވަކިވަކީންނެވެ.

އެ ބައްދަލްވުންތަކާއި ގުޅޭގޮތުން ރައީސް އޮފީހުން ބުނީ ބައްދަލުކުރެއްވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ގައުމުގެ ކަންކަން ކުރިޔަށް ގެންދިއުމު ގައި އެންމެން ގުޅިގެން ރައްޔިތުންގެ ފައިދާ އާއި ލާބައަށް މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ކަމަށެވެ. މި ބައްދަލްވުންތަކުގައި ތަރައްގީގެ އެކިއެކި މަޝްރޫއުތަކާއި ދާހީލީ އަދި ހާރިޖީ އެކިއެކި ކަންކަމުގައި ގައުމީ މަސްލަހަތު އިސްކުރައްވައި ސަރުކާރަށް އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު ގައި ސަރުކާރު ހިންގެވުމުގައި ސިޔާސީ ހުރިހާ ފަރާތްތަކެއްގެ ހިޔާލާއި މަޝްވަރާ ވަރަށް މުހިންމު ކަމުގައި ވިދާޅުވި އެވެ. އަދި މިފަދަ އިތުރު ބައްދަލުވުންތައް ކުރިމަގުގައި ވެސް ބާއްވަވާނެ ކަމުގައި ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސިޔާސީ ހަތަރު ޕާޓީއެއްގެ ލީޑަރުންނާއެކު ރައީސް މުއިއްޒު ކުއްލި ބައްދަލްވުންތަކެއް މިއަދު ބޭއްވެވީ އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅާ އެ ހުށައެޅުން ފާސް ކުރަން ފަހި ކުރެވޭ ގޮތަށް މަޖިލީސް ގަވާއިދަށް ބަދަލު ގެނެސްފައި ވަނިކޮށެވެ. ގަވާއިދަށް އެ ބަދަލު ގެނައީ ރައީސް ވަކިކުރަން ނޫން ކަމަށް ވިދާޅުވުމަށް ފަހު އެކަމުގައި އިސްކޮށް އުޅުއްވި މެންބަރު -- އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާއު ވަނީ ރައީސް ވަކިކުރަން އެމްޑީޕީގެ ޕީޖީއަށް ހުށައަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.