މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ސަރުކާރުން ބުނެފި

"އަޅުގަނޑުމެން ދިވެހި ސަރުކާރަކީ މިހާރު އޮތް ސަރުކާރަކީ މަރުގެ އަދަބު ތަންފީޒު ކުރަން އަޅުގަނޑުމެން ވެސް ނިންމާފައި އޮތް ސަރުކާރެއް،" އިހްސާން ވިދާޅުވި އެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ކުރިއަށް ދަނީ

މިހާރު އޮތް ސަރުކާރަކީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ސަރުކާރެއް ކަމަށް ހާމަ ކޮށްފި އެވެ.

ސަރުކާރުގެ އެ ނިންމުން ހާމަކޮށްފައި ވަނީ ހޯމް މިނިސްޓްރީއާ ކަމާގުޅޭ އިދާރާތަކުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައެވެ. 

މަރުގެ ހުކުމް ތަންފީޒު މައްސަލާގައި ސަރުކާރުގެ ވިސްނުމަކީ ކޮބައިތޯ ސުވާލު ކުރުމުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ކެޕްޓަން ރިޓަޔާޑް އަލީ އިހުސާން ވިދާޅުވީ މިހާރު އޮތް ސަރުކާރަކީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ސަރުކާރެއް ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލާ ގާނޫނީ އިމުގެ ތެރެއިން އެކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދިވެހި ސަރުކާރަކީ މިހާރު އޮތް ސަރުކާރަކީ މަރުގެ އަދަބު ތަންފީޒު ކުރަން އަޅުގަނޑުމެން ވެސް ނިންމާފައި އޮތް ސަރުކާރެއް،" އިހްސާން ވިދާޅުވި އެވެ.

މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް އެންމެ ފާޅުގައި އިއުލާނު ކޮށް އެކަމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ގައެވެ. އެއީ ޕީޕީއެމްގެ ފުރަތަމަ ސަރުކާރެވެ. މިހާރު މި އޮތީ އެ ޕާޓީ ބައިވެރިވާ ދެވަނަ ސަރުކާރެއް އުފެދިފައެވެ.

ބޭރުގެ ނުފޫޒު ކިތަންމެ ވަރަކަށް އޮތަސް މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް ވެރިކަމުގައި ހުންނަވާ ކިތަންމެ ފަހަރަކު ރައީސް ޔާމީން ވިދާޅުވި އެވެ. އެކަމާ ގުޅޭ ގަވާއިދުތަކާއި އުސޫލުތައް ވެސް ހެއްދެވި އެވެ. މަރުގެ އަދަބު ތަންފީޒު ކުރާނެ ތަނެއް ވެސް ތައްޔާރު ކުރި އެވެ. ނަމަވެސް ޔާމީންގެ ވެރިކަން ނިމުނުއިރު އެކަން ކުރެވިފައެއް ނުވެއެވެ.

އޭގެ ފަހުން ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން އާ ސަރުކާރުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށް އިއުލާނު ކުރި އެވެ. ނަމަވެސް އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑުވުމުން މަރުގެ ހުކުމް ތަންފީޒު ކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ކަމަށާއި ނަމަވެސް އެކަން ކުރާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ފަހުގައި ކަމަށް ވަނީ ބުނެފައެވެ. 

ރާއްޖޭގައި މަރުގެ ހުކުމް އެންމެ ފަހުން ތަންފީޒުކޮށްފައި ވަނީ މީގެ 65 އަހަރު ކުރިން 1954 ގަ އެވެ. ނަމަވެސް މިހާރުވެސް މަރުގެ ހުކުމް އައިސްފައި ތިބި ބަޔަކު އެބަ ތިއްބެވެ. ތިން މީހަކު މެރުމަށް ޝަރުއީ ހުރިހާ މަރުހަލާ އަކުން ވަނީ ހުކުމް ކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.