ރައީސް، ނާޒިމްއާ ވެސް ބައްދަލު ކުރައްވައިފި

މިހާރު އޮތް ޕީޕީއެމް / ޕީއެންސީ ސަރުކާރު ގައި ރަސްމީ ބައިވެރިވުމެއް އޮތް ހަމައެކަނި ޕާޓީ އަކީ ވެސް އެމްއެންޕީ އެވެ.

ރައީސް މުއިއްޒު، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްއާ މިއަދު ބައްދަލު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް / ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރައީސް މިއަދު ވަނީ ސިޔާސީ ތިން ޕާޓީއެެއްގެ އެންމެ އިސްވެރީންނާ ބައްދަލު ކުރައްވާފައެވެ. ފުރަަތަމަ ބައްދަލު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު / މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާ އެވެ. އޭގެ ފަހުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ރައީސް / ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާ ވެސް ވަނީ ބައްދަލު ކުރައްވާފައެވެ.

ރައީސް އޮފީހުގެ ރަސްމީ އެކައުންޓުން އެކްސް ގައި ކުރި ތިން ޕޯސްޓެއް ގައި ރައީސް މުއިއްޒު، ގާސިމާއި ސިޔާމް އަދި ނާޒިމްއާ ބައްދަލު ކުރެއްވި ކަމަށް ބުނެފައިވެއެވެ. ކޮންމެ ބައްދަލްވުމުގެ ދެ ފޮޓޯއެއް ހިއްސާކޮށް އެ އޮފީހުން "އެކްސް" ގައި ކުރި ޕޯސްޓެއް ގައި ހަމައެކަނި ބުނެފައި ވަނީ ރައީސް މުއިއްޒު އެ ބޭފުޅުންނާއި ބައްދަލު ކުރެއްވި ކަމަށެވެ. ބައްދަލްވުން އޮތީ ރައީސް އޮފީހުގައި ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނާޒިމް ވާދަ ކުރެއްވި އެވެ. އަދި ދެވަނަ ބުރު ގައި ޕީޕީއެމް / ޕީއެންސީ އާއެކު ކޯލިޝަން ހަދާ ރައީސް މުއިއްޒު، އިންތިހާބު ކުރުމަށް ނާޒިމް ވަނީ ގިނަ މަަސައްކަތްތަކެއް ކުރައްވާފައެވެ.

މިހާރު އޮތް ޕީޕީއެމް / ޕީއެންސީ ސަރުކާރު ގައި ރަސްމީ ބައިވެރިވުމެއް އޮތް ހަމައެކަނި ޕާޓީ އަކީ ވެސް އެމްއެންޕީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.