ކަނޑު ހޯދުމުގެ މަސައްކަތް ފަށައިފި، ކުރީ ސަރުކާރުން އަމަލު ކުރި ގޮތުގެ ރިޕޯޓެއް ހަދަަނީ

ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިފައިވާ މައްސަލަ ރިވިއު ކުރުމަށް ދިވެހި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ހާއްސަ ބަޔާނެއް މިއަދު ވަނީ ދީފައެވެ.

ބަންޑާރަ ނާއިބު އަހްމަދު އުޝާމް އަދި ކުރީގެ ބަންޑާރަ ނާއިބު މުހައްމަދު އަނިލް

ދިވެހިރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިފައިވާ މައްސަލައާ ގުޅިގެން ދެން އެޅެން ހުރި ފިޔަވަޅުތައް ބެލުމަށާއި ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތަށް ހާއްސަ ކޮމެޓީއެއް އެކުލަވާލާ ބަންޑާރަ ނާއިބުގެ އޮފީހުން އެ މަސައްކަތް ފަށައިފި އެވެ.

ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިފައިވާ މައްސަލަ ރިވިއު ކުރުމަށް ދިވެހި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ހާއްސަ ބަޔާނެއް މިއަދު ވަނީ ދީފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިއްރު ސިޓީފުޅު ރައީސުލްޖުމްހޫރިއްްޔާގެ އޮފީހުން ރަސްމީކޮށް ވަނީ ހާމަކޮށްފައެވެ.

ސަރުކާރުން އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ އެކްލޫސިވް އިކޮނޮމިކް ޒޯންގެ ދެކުނުން ފޯޅަވައްސާ ފުށުއަރާ ކަމަށް ބުނެ އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ގެންގުޅެފައިވާ ސިޔާސަތަކ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ފުށުއަރާ ގޮތަށް އަދި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ފެންނާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒްގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ފުރިހަމަ ކުރާނެ މަސައްކަތްތަކުގެ ތެރޭގައި މި މައްސަލާ ގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ކުރަން ޖެހޭ އެންމެހައި ކަންކަން ކުރުމަށް ބަންޑާރަ ނާއިބުގެ އޮފީހާއި ހަވާލުކޮށްއިވާ ކަމަށެވެ.

އަދި އެނިންމުން ދިރާސާކޮށް މި މައްސަލައާ ގުޅިގެން ދެން އެޅެންހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށް ކުރަން ޖެހޭ މަސައްކަތް ބަންޑާރަ ނާއިބުގެ އޮފީހުން މިހާރު ފަށާފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލައާ ގުޅޭ ކަމާބެހޭ އެންމެހައި ލިޔެކިޔުތައް ހޯދައި އެލިޔެކިޔުންތައް ދިރާސާ ކުރުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފހުން ކުރަމުންދާ ކަމަށާ މި މައްސަލާގައި ނިމިދިޔަ ސަރުކާރުގެ ފަރާތުން ދައުލަތުން ގެންގުޅެފައިވާ ގާނޫނީ ޕޮޒިޝަން އާއި އަމަލު ކޮށްފައިވާ ގޮތާ ގުޅޭގޮތުން ދިވެހިރާއްޖެ އާއި ބައިނަލްއަގްވާމީ އިސް މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މި މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ކުރިއަށް ގެންދިޔުމަށްޓަކައި، މި މިސައްކަތްތައް ވިލަރެސް ކުރުމަށްޓަކައި ބަންޑާރަނާއިބު ހާއްސަ ކޮމިޓީއެއް އެކުލަވާލައްވާފައިވާ ކަމަށް ވެސް ބުންޏެވެ.

އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ؛

  •  ކުރީގެ ބަންޑާރަ ނާއިބު މުހައްމަދު އަނިލް
  •  ކާނަލް އަހްމަދު މުޖްތަބާ (ޑިފެންސް މިނިސްޓްރީގެ ފަރާތުން)
  •  އަހްމަދު ޝިއާން (ފޮރިން މިނިސްޓްރީގެ ފަރާތުން)

ކޮމިޓީގެ މަސައްކަތްތައް ހިނގަމުންދާނީ ކުރީގެ ބަންޑާރަ ނާއިބު އަނިލްގެ ބެއްލެވުމުގެ ދަށުން ކަމަށާ މި ކޮމިޓީ ގައި އަނިލް މަސައްކަތް ކޮށްދެއްވަނީ އެއްވެސް އަގެއް ނުނަންގަވާ ގޮތަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑުވަޒީރަށް އޮގަސްޓް 22، 2023 ގައި ފޮނުއްވާފައިވާ ސިޓީގެ ކޮޕީ ވެސް މިހާރު ވަނީ ބަންޑާރަނައިބުގެ އޮފީހާ ހިއްސާފައި ކަމަށާ އެ ސިޓީއާ ގުޅިގެން މޮރިޝަސްގެ ބޮޑުވަޒީރު ފޮނުއްވެވި ޖަވާބުގެ ސިޓީވެސް ބަންޑާރަ ނާއިބުގެ އޮފީހާއި ހިއްސާކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ރައީސް ސޯލިހް ފޮނުއްވެވި ސިޓީ ވަނީ ސަރުކާރުން މިއަދު އާންމުވެސް ކޮށްފައެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހްގެ ފޮނުއްވެވި ސިޓީއަކީ ޖޫން 24، 2022 ގައި ރުވާންޑާ ގައި ބޭއްވުނު ކޮމަންވެލްތުގެ ހެޑް އޮފް ގަވާމަންޓް މީޓިންގެ ހަވާގައި މޮރިޝަސްގެ ބޮޑުވަޒީރާއި ރައީސް ސޯލިހާއި ދެއްކެވި ވާހަކަފުޅަށް ހަވާލާ ދެއްވާ ފޮނުއްވެވި ސިޓީއެއް ކަމަށެވެ. ނަމަވެސް އެ ބައްދަލް ކުރެއްވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅާއި މަޝްވަރާތަކާއި ގުޅޭ އެއްވެސް ކަމެއް ލިޔެކިޔުމުން ފެންނަން ނެތް ކަމަށެވެ.

ސަރުކާރުގެ ބަޔާން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، ފިރުޒުލް މުހައްމަދު އިއްވަވަނީ

އަދި އދ ގެ ޖެނެރަލް އެސެމްބްލީގެ "އެޑްވައިސާ އޮޕިނިއަން އޮފް ދަ އިންޓާނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލީގަލް ކޮންސިކުއެންސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާޗެޕެލަގޯ ފްރޮމް މޮރިޝަސް އިން 1965" ރެސޮލޫޝަން އަށް މޮރިޝަސްއާ އެއްކޮޅަށް ދިވެހިރާއްޖެއިން ވޯޓު ދޭނެ ކަމުގެ ޔަގީންކަމާ ގުޅިގެން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް ދިވެހިރާއްޖެއިން 2010 ވަނަ އަހަރު ހުށަހެޅި މައްސަލައާ ގުޅިގެން މޮރިޝަސް ގެ ފަރާތުން އިއުތިރާޒެއް ހުށަހަޅާފައިވާ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސް ސޯލިހްގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީފުޅު ގައި ބަޔާން ކުރައްވާފައި ވީނަމަވެސް އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް ލިޔެކިޔުމެއް ދެ ގަައުމުގެ ދެމެދުގައި ބަދަލު ކުރެވުފައިވާކަން ވެސް އެ އޮފީހުގެ ރެކޯޑްތަކުން ފެންނަ ނެތް ކަަމަށެވެ.

ރައީސް ސޯލިހްގެ ފަރާތްޕުޅުން ފޮނުއްވެވި ސިޓީފުޅުވާ އިބާރާތަށް ބަލާއިރު ރާއްޖެއިން މޮރިޝަސް އަށް މި ސިޓީ ފޮނުވާފައި ވަނީ ވަކި ކަންކަމަކާ ގުޅުވައިގެން އެއްބަސްވެގެން ކަން ދޭހަވީ ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އެއްބަސްވެވުނު ކަންކަމަކީ ކޮބައިކަން އެނގޭނެ ލިޔެކިޔުމެއް އަދި އަމަލީ ގޮތުން އެކަންކަން ތަންފީޒުވީކަން އެނގޭނެ އެއްވެސް ރެކޯޑެއް / ލިޔެކިޔުމެއް ވެސް މިހާތަނަށް ބެލިބެލުމުން ފެންނަން ނެތް ކަމަށްވެސް ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނީ މި މައްސަލައާ ގުޅިގެން ބަންޑާރަނާއިބުގެ އޮފީހުން ކުރިޔަށް ގެންދާ ދިރާސާތަކާއި މި މައްސަލައި ގައި އައްޔަނުކޮށްފައިވާ ދިވެހިރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ކަމާބެހޭ މާހިރުންގެ ލަފާގެ މައްޗަށް ރިއާޔަތް ކޮށް ނިމިދިޔަ ސަރުކާރުން ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ފުށުއަރާ ގޮތަށް އަދި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭ ގޮތަށް ގެންގުޅެފައިވާ ގާނޫނީ ޕޮޒިޝަން އާއި އަމަލު ކޮށްފައިވާ ގުޅޭގޮތުން ރިޕޯޓެއް އެކުލަވާލައި ރައސުލްޖުމްހޫރިއްޔާ އަށާއި އަދި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ބަންޑާރަ ނާއިބު އަހްމަދު އުޝާމް ނިންމަވާފައިވާކަމަށެވެ.

ސަރުކާރުގެ ބަޔާނުގައި ރާއްޖޭގެ އެކްލޫސިވް އިކޮނޮމިކް ޒޯން ފުރިހަމަ ގޮތުގައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއް ކުރާނެ ކުރާނެ ކަމުގެ ޔަގީން ކަމާއި ދިވެހި ދައުލަތުން ފުރިހަމަ މާނައި ގައި އެއްވެސް ނުފުޒެއް ނެތި އިސްކުރާނީ ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމުގައި ވެސް ވަނީ ބުނެފައެވެ.

ކޮމެންޓް

1
450
ސައްތު
4 months ago

އަނިލްއަކީރާއްޖޭބިއްބޭރުމީހުންނަމިލުކުރެވޭގޮހެދިމީހާ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.