އަލިފުށީ މަގު ހެދުމުގެ މައުލޫމާތު ކައުންސިލާ ހިއްސާކޮށްފި

އަލިފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ މިއަހަރުގެ އޭޕްރީލް، 16ގަ އެވެ.

އަލިފުށީ ކައުންސިލުން އާރުޑީސީގެ އެމްޑީއާ ބައްދަލު ކުރުން

ރ. އަލިފުށީ މަގު ހެދުމުގެ މަޝްރޫއާ ގުޅޭ މައުލޫމާތު، އެ ރަށުގެ ކައުންސިލާ ހިއްސާ ކޮށްފި އެވެ.

އަލިފުށީ ކައުންސިލްގައި ހިމެނޭ މެންބަރުން މިއަދު ވަނީ ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އައު މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާ ބައްދަލު ކުރައްވާފަ އެވެ.

އާރުޑީސީން ބުނީ މި ބައްދަލު ކުރެއްވުމުގައި އަލިފުށީ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ ގޮތުގެ ތަފުސީލު މެންބަރުންނާ ހިއްސާ ކުރެއްވި ކަމަށެވެ.

މީގެ އިތުރުން ކައުންސިލުގެ ފަރާތުން ބޭނުންވާ ކަންކަމާއި ގުޅޭ ގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ. 

އަލިފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ މިއަހަރުގެ އޭޕްރީލް، 16 އިގަ އެވެ. ޖުމުލަ އަގުގެ ގޮތުގައި 90.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 3.8 ކިލޯމީޓަރުގެ މަގު ތާރުއަޅައިގެން ހެދުމަށް ހަމަޖެހިފައި ވެއެވެ. މީގެ އިތުރުން މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކޮށް، މަގުތަކުގައި މަގުބައްތި ޖަހާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.