ގައުމީ ސަލާމް ކިޔުން ހުއްދަ: ފަތުވާ މަޖިލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގައުމިއްޔަތަށް ލޯބި ޖެއްސުމަށް ސްކޫލުތަކުގެ ކިޔެވުން ގައުމީ ސަލާމުން ފަށާ ގޮތަށް އާ ސަރުކާރުގެ ކެބިނެޓުން ވަނީ ނިންމާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ގައުމިއްޔަތު މިނިސްޓަރު އާދަމް ނަސީރު

ގައުމީ ސަލާމް ކިޔުމަކީ ހުއްދަ ކަމެއް ކަމަށް ކަނޑައަޅައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިއަދު ފަތުވާ ނެރެފި އެވެ.

ފަތުވާގައި ބުނީ ގައުމީ ސަލާމް ކިޔުމާއި ގައުމީ ދިދައަށް ސަލާމް ކުރުމާއި ގައުމީ ސަލާމް ކިޔާ ވަގުތު ކޮޅަށް ތެދުވެ ހުރުމާއި ގައުމީ ސަލާމް ކިޔާ ވަގުތު މޭމަތީގައި އަތް ބޭއްވުމަކީ އިސްލާމް ދީނުގައި ކަނޑައަޅާފައިވާ އެއްވެސް އަޅުކަމަކާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އެކަމަކީ އާދަކާދައާ ގުޅިފައިވާ ކަމެއް ކަމަށެވެ. 

ފަތުވާގައި ބުނެފައި ވެއެވެ: "... އާދަކާދައާ ގުޅޭ ކަމެއް ހަރާމް ކަމަށް ކަނޑައެޅޭނީ ސަރީހަ ދަލީލަކުން ސާބިތުވުމުންނެވެ. ...  މައްސަލަ ދިރާސާކުރުމުން އެނގި ހާމަވީ މިކަން ހަރާމްކުރާނެ ސަރީހަ ދަލީލެއް ނެތުމުން މިއީ ހުއްދަ ކަމެއް ކަމުގަ އެވެ." 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގައުމިއްޔަތަށް ލޯބި ޖެއްސުމަށް ސްކޫލުތަކުގެ ކިޔެވުން ގައުމީ ސަލާމުން ފަށާ ގޮތަށް އާ ސަރުކާރުގެ ކެބިނެޓުން ވަނީ ނިންމާފަ އެވެ. 

ކޮމެންޓް

2
450
މައިމޫނާ
4 months ago

ގައުމުދެކެ ލޯބިވުމާއި ދިނާއި ގައުމަށްޓަކައި ހަނގުރާމަ ކުރުމަކީ އިސްލާމްދީނުގައި އޮންނަކަމެއް. މިއީ އުވެމުންދާ އާދަކާދަ ދިރުވާ އާލާކުރަން ނިންމުނު ވަރަށް ހަރުދަނާ ފިޔަވަޅެއް . ޝުކުރިއްޔާ ރައީސް

އަލީ ބިން ޔޫސުފް
4 months ago

ޕިސް ޕިސް މިހިރަ ފަތުވާ ކޮމިޓީ! މިއީ ކޮން ދީނެއްގެ ފަތުވާ ކޮމިޓީއެއް ބާވައެވެ؟ ﷲ ހަޞްރަތުގައި ޖަވާބުދާރީ ވާންޖެހޭނެ ކަމަށް އެއްވެސް ބިރެއް ހަމަ ނެތީ ހެއްޔެވެ؟ ކަލާމެނަށް ލައުނަތް ދެދުނިޔޭގައި ހުއްޓެވެ!

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.