ހެދުން އެޅުމުގެ އިސްލާމީ މިންގަޑެއް އޮތުން ކޮންމެހެން ބޭނުންތެރި: އަބްދުﷲ

ސަރުކާރުގެ ފުރަތަމަ ހަތަރު ހަފްތާގެ ތެރޭގައި ހިމެނިހެން އާންމު އިޖްތިމާއީ މިންގަނޑާއި ހިލާފަށް ހެދުން އަޅައިގެން މުޖްތަމައުގެ ތެރޭގައި އުޅުން މަނާ ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ޕޯސްޓެއް ދަނީ ދައުރު ވަމުންނެވެ.

ސަލްފުގެ ރައީސް ޝައިހް އަބްދުﷲ

އިސްލާމީ މުޖްތަމައެއްގައި ހެދުން އެޅުމުގެ އިސްލާމީ މިންގަޑެއް އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ސަލަފް ޖަމިއްޔާގެ ރައީސް ޝައިހު އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

އެކްސްގައި އޭނާ ވިދާޅުވީ އެކަން އެގޮތަށް ބޭނުން ނުވާ ބަޔަކުވެސް ރާއްޖޭގައި ތިބެދާނެ ކަމަށާއި އެކަމަކު މެޖޯރިޓީ ބޭނުން ވަނީ އިސްލާމީ ވެށި ގައިމް ކޮށްފައި ބާއްވަން ކަމަށެވެ. ޝައިހު އަދި ވިދާޅުވީ" ލާދީނީ އަދި ޖިންސީ ގޮތުން ފިތުރަތު ކިލަނބުވެފައިވާ ފިކުރަކީ ފަސާދައެއް" ކަމަށެވެ. 

އަބްދުﷲ މި މޭރުމުން ލިޔުއްވަވާ ޕޯސްޓެއް ކުރައްވާފައި ވަނީ ހެދުން އެޅުމުގެ މިންގަނޑެެއް ހަދާ އެ ކަމަށް އަމަލު ކުރަން ވަކި ތާރީހެއް ކަނޑައަޅާފައިވާ ވާހަކަތަކެއް ފެތުރިފައި ވަނިކޮށް އެއީ ދޮގެއް ކަމަށް ސަރުކާރުން ބުނެފައި އޮއްވަ އެވެ. 

ސަރުކާރުގެ ފުރަތަމަ ހަތަރު ހަފްތާގެ ތެރޭގައި ހިމެނިހެން އާންމު އިޖްތިމާއީ މިންގަނޑާއި ހިލާފަށް ހެދުން އަޅައިގެން މުޖްތަމައުގެ ތެރޭގައި އުޅުން މަނާ ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ޕޯސްޓެއް ދަނީ ދައުރު ވަމުންނެވެ. އެ ޕޯސްޓް ގައި ބުނާ ގޮތުން އާންމު އިޖްތިމާއީ މިންގަނޑާއި ހިލާފަށް ހެދުން އަޅައިގެން މުޖްތަމައުގެ ތެރޭގައި އުޅުން މާޗް 1، 2024 އިން ފެށިގެން މަނާ ވާނެ އެވެ. އެ ޕޯސްޓް ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފައެވެ.

ސަލަފްގެ ރައީސް އަބްދުﷲ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުންގެ ބޭބޭފުޅެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.