މޯލްޑިވިއަން - އިއްތިހާދު ގުޅުމެއްގެ ސޮއި އަޅައިފި

މި އެއްބަސްވުމާއެކު ރާއްޖެ އަންނަ ޓޫރިސްޓުންނަށް ޓިކެޓު ނަގާއިރު އިއްތިހާދު ނެޓްވޯކުގެ ތެރޭން ޓިކެޓު ހޯދުމުގެ ފުރުސަތު ފަހި ވެގެންދާނެ އެވެ. އަދި އަގު ވެސް ހެޔޮވާނެ އެވެ.

ޔޫއޭއީގެ ގައުމީ އެއާލައިން އިއްތިހާދު އެއާވޭސް އާއި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއާ ދެމެދު ގުޅުމެއްގެ ސޮއި އަޅައިފި އެވެ. މި ގުޅުމުގެ ފަސޭހަ އޮތީ ދަތުރު ކުރާ ފަސިންޖަރުންނަށެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއާލައިން އިއްތިހާދު އެއާވޭސް އާއި ރާއްޖޭގެ މޯލްޑިވިއަން އިން ސޮއިކުރި ބައިލެޓްރަލް އެއްބަސްވުމާ ބެހޭ ގޮތުން އެ އެއާލައިނުން ބުނީ އިއްތިހާދާއެކު ވެވުނު ފަޚުރުވެރި މި އެއްބަސްވުމުގެ ސަބަބުން ދަތުރުވެރިންނަށް ލުއި ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށެވެ. މި އެއްބަސްވުމާއެކު ގިނަ ފުރުސަތު ތަކެއް ހުޅުވިގެންދާނެ ކަމަށް ބުނެފައިވެ އެވެ.

މި އެއްބަސްވުމުގެ ސަބަބުން ލިބިގެންދާނެ އެންމެ ބޮޑު ފަސޭހައަކީ ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް ނެޓްވޯކް ކަމަށްވާ އިއްތިހާދުން ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް ފަސޭހަކާއެކު އެއް ނެޓްވޯކެއްގެ ތެރޭން ޓިކެޓު ލިބިގެން ދިއުމެވެ. މި އެއްބަސްވުމާއެކު ރާއްޖެ އަންނަ ޓޫރިސްޓުންނަށް މޯލްޑިވިއަންގެ އެތެރޭގެ 17 މަންޒިލަކަށް ދަތުރު ކުރަން ފަސޭހަ ވެގެންދާނެ އެވެ.

އިއްތިހާދުގެ ޗީފް ރެވެނިއު އޮފިސަރު އާރިކް ޑީ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން އެ އެއާލައިންގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ރާއްޖެ އައިސް ޗުއްޓީގެ މަންޒިލަށް ދަތުރު ކުރަން ފްލައިޓް ލިބޭނެ އެވެ.

މޯލްޑިވިއަންގެ ޖެނެރަލް މެނޭޖަރު ކޮމާޝަލް އިބްރާހިމް ހަމްދާން މުހައްމަދު ވިދާޅުވީ މޯލްޑިވިއަންގެ ފްލީޓް ފުޅާވަމުންދާއިރު
މޯލްޑިވިއަންގެ މި އިންޓަރޭޝަނަލް ޕާޓްނާޝިޕްގެ ސަބަބުން ކަސްޓަރުންނަށް ލުއި ފަސޭހަ ވެގެންދާނެ އެވެ.

މީގެ ސަބަބުން ލިބޭނެ ފައިދާއަކީ ކޮބާ ؟ މިފަދަ ކޯޑްޝެއާ ނުވަތަ ބައިލެޓްރަލް އެއްބަސްވުންތަކުގެ ސަބަބުން ޓޫރިސްޓުން އަންނައިރު އެމީހުންގެ މަންޒިލުން އަންނަ އެއާލައިނުގެ ޓިކެޓާއެކު ޑޮމެސްޓިކް ޓިކެޓު ނަގަން ފުރުސަތު ލިބޭނެ އެވެ. އައި ޑޮމެސްޓިކް ޓިކެޓުގެ އަގު ކުރިން އެނގޭނެ އެވެ. އަދި ބައެއް ފަހަރު އަގުހެޔޮކޮށް ޓިކެޓުވެސް ލިބޭނެ އެވެ. 

މޯލްޑިވިއަން އިން އިއްތިހާދު އެއާވޭސްއާއެކު ސޮއިކުރިރު މީގެ ކުރިން ވަނީ އެމިރޭޓްސް އާއި މޯލްޑިވިއަން އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. 

އެއާލައިން ފުޅާ ކުރަން ބޮޑު ޕްލޭނެއް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ގައުމީ އެއާލައިން ދުނިޔެއަށް ހުޅުވާލަން ބޮޑު ޕްލޭނެއް ރާވާފަ އެވެ. މިގޮތުން ވައިޑް ބޮޑީ ބޮޑު ދެ ބޯޓު ގެނެސް ޗައިނާ އާއި ޔޫރަޕް އަދި އެފްރިކާގެ މަންޒިލްތަކަށް އުދުހުންތަށް ފަށަން ވަނީ ޕްލޭންކޮށްފަ އެވެ. 

މޯލްޑިވިއަންއަކީ ރާއްޖޭގެ ހުރިހާ އެއާލައިންތަކަށް ދަތުރުކުރާ ހަމައެކަނި އެއާލައިނެވެ. ނަމަވެސް އެ ކުންފުނި އޮތީ މާލީ ގޮތުން ދަތިކަމެއްގެ ތެރޭގަ އެވެ. އަދި އެމިރޭޓްސްއަކީ ދުނިޔޭގެ 117 އެއާލައިންއަކާ ޕާޓްނާޝިޕް ހަދައިގެން ސިންގަލް ޓިކެޓު އިޝޫ ކުރަމުންދާ އެއާލައިންއެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.