މަޖިލީހުގެ މެމްބަރުން ކަނޑައަޅާ ގޮތުގެ އިސްލާހަށް ޑިމޮކްރޭޓުން ދެކޮޅު

އަދި، މަޖިލީހުގެ އުމުރު ހަމަވުމުގެ ކުރިން ގޮނޑިއެއް ހުސްވެއްޖެނަމަ، އެ ގޮނޑިއަކަށް މެމްބަރަކު އިންތިހާބު ނުކުރަނީސް އެ ގޮނޑި ޖުމްލަ މެމްބަރުންގެ އަދަދުގައި ނުހިމެނޭނެ ކަމަށް ކޮމެޓީން ފާސްކޮށްފައިވެ އެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް: މެމްބަރުންގެ އަދަދު ކަނޑައަޅަން ހުށަހަޅާފައިވާ އިސްލާހަށް ވަނީ ދެކޮޅު ހައްދަވާފައި --

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަނޑައަޅާނެ ގޮތަށް، މަޖިލީސް ގަވާއިދުގެ 49 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހާ ދެކޮޅަށް ދަ ޑިމޮކްރެޓްސް އިން ތެދުވެއްޖެ އެވެ.

މަޖިލީސް ގަވާއިދުގެ 49 ވަނަ މާއްދާ އިސްލާހު ކުރަން ހުށަހަޅާފައި ވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ. އެއީ، މަޖިލީސް ގަވާއިދުގެ ބޭނުމަށްޓަކައި، މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާނީ އެވަގުތު މަޖިލީހުގައި ތިބޭ މެމްބަރުންގެ ޖުމްލަ އަދަދަށް ކަމަށެވެ. 

އަދި، މަޖިލީހުގެ އުމުރު ހަމަވުމުގެ ކުރިން ގޮނޑިއެއް ހުސްވެއްޖެނަމަ، އެ ގޮނޑިއަކަށް މެމްބަރަކު އިންތިހާބު ނުކުރަނީސް އެ ގޮނޑި ޖުމްލަ މެމްބަރުންގެ އަދަދުގައި ނުހިމެނޭނެ ކަމަށް ކޮމެޓީން ފާސްކޮށްފައިވެ އެވެ.

އާންމު ކޮމެޓީން އެގޮތަށް ފާސްކޮށްފައިވީ ނަމަވެސް، ދަ ޑިމޮކްރެޓްސް މެމްބަރުން ފާހަގަކުރައްވާފައި ވަނީ އެގޮތަށް ގަވާއިދު ބަދަލު ނުކުރެވޭނެ ކަމަށެވެ.

އެ ޕާޓީއަށް ނިސްބަތްވާ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ، ގާނޫނުއަސާސީގެ 71 ވަނަ މާއްދާގެ (ހ) ގައި، މަޖިލީހުގެ މެމްބަރުން ކަނޑައަޅާނެ ގޮތް ބަޔާންކޮށްފައިވާ ކަމަށެވެ. އެއީ، އާބާދީގެ ކޮންމެ 5000 ރައްޔިތަކަށް މެމްބަރެކެވެ. އެ މާއްދާއަށް ބަދަލު ގެނެސްގެން ނޫނީ މަޖިލީހުގެ ގަވާއިދަށް އިސްލާހު ހުށަނޭޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ އަދަދު ކަނޑައަޅާފައި މި އޮންނަނީ ގާނޫނުއަސާސީއަށް ރިއާޔަތްކޮށް. ގާނޫނުއަސާސީއަށް ރިއާޔަތްކޮށް އިލެކްޝަންސް ކޮމިޝަނުން މި ނިންމަނީ ކޮންމެ ފަހަރަކު އިންތިހާބުގެ ކުރިން މި ނިންމަނީ ރައްޔިތުންގެ މަޖިލީހުގެ އަދަދަކީ ކޮބާތޯ. ކޯރަމް ބޭނުމަށްޓަކައި އަޅުގަނޑުމެންނަކަށް ރައްޔިތުންގެ މަޖިލީހުގެ އަދަދު ބަދަލުކުރެވޭނެ ކަމަކަށް ނުދެކެން،" އަފީފަށް ތާއީދުކުރައްވަމުން އީވާ އަބްދުﷲ ވިދާޅުވި އެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ، ގާނޫނުއަސާސީގެ 86 ވަނަ މާއްދާގައި، މަޖިލީހުގެ ގާނޫނީ އަދަދަކީ ނުވަތަ ކޯރަމްއަކީ މަޖިލީސް ޖަލްސާއެއްގެ 25 ޕަސެންޓް ކަމަށެވެ. އޭނާ ވިދާޅުވީ، އެ 25 ޕަސެންޓަކީ ރައްޔިތުން ތަމްސީލު ކުރަން ކަނޑައަޅާފައިވާ ޕަސެންޓެއް ކަމަށާއި، ވޯޓަށް އެހޭނީ އެ ވަރަށް މެމްބަރުން މަޖިލީހުގައި ތިބެގެން ކަމަށެވެ.

މަޖިލީހުގެ ގަވާއިދަށް ހުށަހަޅާފައިވާ މި އިސްލާހާ ދެކޮޅަށް ޑިމޮކްރެޓްސް މެމްބަރުން ތެދުނީ ޕާލަމެންޓްރީ ގްރޫޕްގެ މަޝްވަރާއަށް ފަހު އެވެ. އެކަން ފާހަގަކުރައްވަމުން މެމްބަރުން ވިދާޅުވެފައި ވަނީ މިއީ ގާނޫނާ ހިލާފަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.