އަމުރު ނެތިގެން ދޫވި މީހަކު އަލުން ބަންދަށް، 4 ލައްކައިގެ ވައްކަން

ހަސަން ތައުފީގު ކޯޓުގައި ބުނެފައި ވަނީ ފުރަތަމަ ހައްޔަރަށް ގެންދިއުމަށްފަހު ގަލޮޅު ވިލީ ފުލުހަށް އޭނާ ގެންދިއުމަށްފަހު ބޭރަށް ނެރުމަށްފަހު ދެވަނަ ފަހަރަށް އަނިޔާކޮށްގެން ވެއްދީ ކަމަށެވެ.

ކްރިމިނަލް ކޯޓް ހިންގާ އިމާރާތް --

ވައްކަމުގެ މައްސަލައެއްގައި މީހަކު ހައްޔަރު ކުރުމަށް ފޯނުން ކޯޓު އަމުރު ދައްކާފައި ވާތީ، ކްރިމިނަލް ކޯޓުން އެމީހާ ދޫކޮށްލާފައި ހުއްޓާ އަލުން ބަންދަށް ލައިފި އެވެ.

ބޮޑު ވައްކަމެއްގެ މައްސަލައިގައި އުމުރުން 39 އަހަރުގެ ހަސަން ތައުފީގު ކިޔާ އެމީހާ އެންމެ ފުރަތަމަ ފުލުހުން ހައްޔަރު ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އޭނާއަށް ޕްރިންޓް ކޮށްފައިވާ ކޯޓު އަމުރެއް ދީފައި ނުވާތީ ދޫކޮށްލާފަ އެވެ.

ހަސަން ތައުފީގު އެންމެ ފުރަތަމަ ހައްޔަރު ކޮށްފައި ވަނީ ހެންވޭރު ބީޖީ ގަރާޖު ކައިރިންނެވެ. އޭނާ ހައްޔަރު ކުރަމުން ފުލުހުން އަމުރު ދެއްކީ ފޯނުންނެވެ. އެހެންވެ، ހައްޔަރު ކުރީ ރަނގަޅަށް ނޫން ކަމަށް ބުނެ ދޫކޮށްލީ އެވެ.

އޭގެ ފަހުން ފުލުހުން އަނެއްކާ އިއްޔެ ވަނީ އޭނާ ހައްޔަރު ކޮށްފަ އެވެ. ކޯޓު އަމުރު ދިނުމަށް ފަހު އިޖުރާއަތާއެކު ހައްޔަރު ކޮށްފައި ވާތީ، ކޯޓުން މިހާރު ވަނީ އޭނާ 10 ދުވަހަށް ބަންދު ކޮށްފަ އެވެ.

ފުލުހުން ކޯޓުގައި ބުނި ގޮތުގައި، މީނާ ވަގަށް ނެތި މުދަލުގެ އަގު ހަތަރު ލައްކައަށް އަރަ އެވެ. 

ހަސަން ތައުފީގު ކޯޓުގައި ބުނެފައި ވަނީ ފުރަތަމަ ހައްޔަރަށް ގެންދިއުމަށްފަހު ގަލޮޅު ވިލީ ފުލުހަށް އޭނާ ގެންދިއުމަށްފަހު ބޭރަށް ނެރުމަށްފަހު ދެވަނަ ފަހަރަށް އަނިޔާކޮށްގެން ވެއްދީ ކަމަށެވެ. އެގޮތުން، އެތަނުން ނެރުމަށްފަހު އަލުން ގަލޮޅު ވިލީ ފުލުހަށް ވެއްދީ ގަދަކަމުން ކޮށްޕަމުން ކަމަށެވެ.

އޭނާ ހެދީ ދޮގެއްކަން ސާބިތުކުރަން، އޭނާ ހައްޔަރު ކުރި ފުލުހުންގެ ބޮޑީކެމް ރެކޯޑިން ނުވަތަ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ހުށަހަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މައްސަތަކުގެ ތުހުމަތުގައި މީހުން ހައްޔަރު ކުރެވޭނީ ކޯޓު އަމުރު ދެއްކުމަށްފަހު އެވެ. އެ ނޫން ގޮތަކަށް ހައްޔަރުކޮށްފިނަމަ ފުލުހުން އިޖުރާއަތާ ހިލާފުވީ ކަމަށް ކަނޑައެޅުމުގެ ފުރުސަތު އޮވެ އެވެ. މީހަކު ހައްޔަރު ކުރާތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދަން ޖެހޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.