ރައީސްގެ ގަރާރު: އެސްއީޒެޑްގެ ކުޑަ އިންވެސްޓްމަންޓް 100 މިލިއަން ޑޮލަރު

ރައީސް މުއިއްޒު ވަނީ މި ގަރާރު ނެރުމާއެކު ކުރިން 2018 ގައި ރައީސުލް ޖުމްހޫރިއްޔާ ނެރުވި ގަރާރު އުވިގެންދާނެ އެވެ. މި ގަރާރުގައި ރާއްޖޭން ގޭސް ހޯދަން އަންނަ އިންވެސްޓްމަންޓްތަކަށް އިސްކަން ދިނުމުގެ ވާހަކަ ހިމަނާފައިވެ އެވެ.

ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގައި ގާއިމް ކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގައި އިންވެސްޓް ކުރެވޭ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން ޑޮލަރު ކަމަށް ރައީސް ޑރ. މުއިއްޒު ކަނޑައަޅުއްވައިފި އެވެ. 

ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން ނެރުއްވި އެސްއީޒެޑްގައި އިންވެސްޓް ކުރެވޭ އެންމެ ކުޑަ މިންވަރު ކަނޑައެޅުމުގެ ބާރުގެ ދަށުން މިއަދު ނެރުއްވެވި ގަރާރުގައިވާ ގޮތުން ރާއްޖޭގައި ގާއިމް ކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގައި ހިންގިދާނެ މަސައްކަތްތާއި އެންމެ ކުޑަ އެއިން ޒޯނެއްގައި ހިމެނޭ އެންމެ ކުޑަ އިންވެސްޓްމަންޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ 100 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ ) އެވެ. 

އެސްއީޒެޑްގެ އިންވެސްޓްމަންޓްތަށް

  •  އެކްސްޕޯޓަށް އިސްކަން ދީގެން ހިންގާ މެނުފެކްޗަރިން މަސައްކަތްތަށް
  •  ޓްރާންޝިޕްމަންޓް ޕޯޓް އިންޓަނޭޝަނަލް ލޮޖިސްޓިކްސް ، ސްޕެޝާލިޓީ ހޮސްޕިޓަލް ، ޕޯޓް ، އެއާޕޯޓް ، ބަލްކް ބްރޭކިން ބަންގަރިން ، ޑޮކިން ސާވިސަސް
  •  ޔުނިވާސިޓީ ، ސްޕެޝާލިޓީ ހޮސްޕިޓަލް، ޓާޝަރި ހޮސްޕިޓަލް ،
  •  ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވްލޮޕްމަންޓް ފެސިލިޓީ
  •  ދުނިޔޭގެ ފެންވަރުގެ އައިސީޓީ ޕާކް އަދި އައިސީޓީއާ ގުޅޭ ފެސިލިޓީތަށް
  •  އިންޓަނޭޝަނަލް ފައިނޭންސިން ސާވިސަސް އަދި އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތަށް
  •  އިޔާދަ ކުރަނިވި ހަކަތައިގެ ދާއިރާ
  •  ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް ތައާރަފު ކުރަން ހިންގޭ މަސައްކަތްތަށް
  •  ފުޑް ސެކިއުރިޓީގެ ދާއިރާ
  •  ގޭސް އެކްސްޕްލޮރޭޝަން މަސައްކަތް

ގަރާރު ނެރުއްވި ސަބަބު - ރައީސް ޑރ. މުއިއްޒު މި ގަރާރު ނެރުއްވާފައިވަނީ ގާނޫނު ނަމްބަރު 2014 / 24 އިން ބާރު ލިބިގެންނެވެ. އެ ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯންގައި ކުރެވޭނެ އެންމެ ކުޑަ އިންވެސްޓްމަންޓުގެ މިންބަރު ބޯޑް އޮފް އިންވެސްޓްމަންޓުގެ ލަފާގެ މަތިން ކޮންމެ އަހަރެއްގެ ފެބްރުއަރީގެ ކުރިން މުރާޖައާކޮށް އާއްމު ކުރަން ޖެހެ އެވެ. އެންމެފަހުން މި އިންވެސްޓްމަންޓުގެ އަދަދު ކަނޑައަޅާފައިވަނީ 31، ޖެނުއަރީ 2018 ގަ އެވެ. އެއީ ރައީސް ރައީސް އަބްދުﷲ ޔާމީން އެވެ. އެފަހަރުގެ ގަރާރުގައި ރައިސް ޔާމީން ކަނޑައެޅުއްވި އެންމެ ކުޑަ އިންވެސްޓްމަންޓުގެ އަގަކީ 150 މިލިއަން ޑޮލަރެވެ. 

ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ގެންނަން އެސްއީޒެޑްއަށް ހާއްސަ ގާނޫނެއް ހެދީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް މި ގާނޫނުގެ ދަށުން ރާއްޖެއަށް އިންވެސްޓްމަންޓް ގެންނަން ނިމިދިޔަ ސަރުކާރުން މަސައްކަތެއް ނުކުރެ އެވެ. ރައީސް ޑރ. މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އެސްއީޒެޑް ގާނޫނު ތަންފީޒުކޮށް، އިންވެސްޓްމެންޓްތަކަށް ފުރުސަތު ހުޅުވާލާނެ ކަމަށް ވިދާޅުވެފަ އެވެ. 

[އެސްއީޒެޑް ގާނޫނުގެ ދަށުން] އިންވެސްޓްމެންޓްތައް އަދި ނުގެނެވި  މިއޮތީ. އެ ގާނޫނުގަ ވަރަށް ސާފުކޮށް ބަޔާންކޮށްފަ އެބައޮތް އެކަން ކުރެވޭނެ ގޮތް. އަޅުގަނޑުމެންގެ މެނިފެސްޓޯގަ ހިމަނާފަ އޮންނާނެ އެސްއީޒެޑް ގާނޫނު ތަންފީޒުކުރާ ވާހަކަ،" މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ކެމްޕޭންގައި ވިދާޅުވެގައިވާ ގޮތުގައި އެސްއީޒެޑް ގާނޫނުގެ ދަށުން ކަނޑައެޅޭ މުހިއްމު ސަރަހައްދުތަކެއްގައި ސްޕެޝަލް އިކޮނޮމިކް ޒޯންތަކެއް ގާއިމްކޮށް އިންވެސްޓްމެންޓްތަކަށް ފުރުސަތު ހުޅުވާޅާނެ ކަމަށެވެ. އަދި އެފަދަ ޒޯނުތައް ގާއިމްކުރާނެ ސަރަހައްދުތައް ކަނޑައަޅާނީ "ސްޓްރެޓެޖިކް" ކޮށް ޕްލޭން ކުރުމަށްފަހު އެވެ. 

މިފަހަރު ގޭސް ހޯދުމުގެ ވާހަކަ އެބައޮތް

ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގަރާރު ރައީސް މުއިއްޒު ނެރުވިއިރު މި ގަރާރުގައި ރާއްޖޭން ގޭސް ހޯދަން އަންނަ އިންވެސްޓްމަންޓްތަކަށް އިސްކަން ދެއްވާނެ ކަމަށް ބުނެފައިވެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭން ތެޔޮ ފެނޭތޯ ޓެސްޓްތަކެއް ކުރި އެވެ. ނަމަވެސް އެ މަސައްކަތް ފަހުން ކުރިއަށް ނުދިޔަ ސަބަބެއް ކަމަށް ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި މިހާރުގެ މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.