އިޒްރޭލް ޕާސްޕޯޓް މަނާކުރާ ބިލްގެ މަސައްކަތް ލަސްވާތީ އިހުތިޖާޖަށް ނުކުންނަނީ

މި މައްސަލައިގައި ރައީސް ޑރ. މުއިއްޒާ ބައްދަލުކުރުމުގެ ފުރުސަތަކަށް އެދި ރައީސް އޮފީހަށް ސިޓީއެއް ލާފައިވޭ.

ފަލަސްތީނުގެ ހައްގުގައި ސޮލިޑާރިޓީ އެމްވީން މިފަހުން ބޭއްވި މުޒާހަރާއެއް --

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭނެހެން އިމިގްރޭޝަން ގާނޫނު އިސްލާހު ކުރުމަށް އެދި ހުށަހަޅައިވާ ބިލުގެ މަސައްކަތް އަވަސް ކުރަން ރައްޔިތުންގެ މަޖިލީހަށް ޕްރެޝާ ކުރުމަށް މާލޭގައި އިހުތިޖާޖެއް ކުރާން ނިންމައިފި އެވެ.

މާދަމާ ހެދުނު 8:45 ގައި މި އިހުތިޖާޖު ފަށާގޮތަށް އަދި ނިންމާފައިވާ އޮތީ ބޭންކް އޮފް ސިލޯނު ކުރިމަތިންނެވެ.

މި ހިމޭން އިހުތިޖާޖު އިންތިޒާމް ކުރަނީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އަޑު އުފުލުމަށް ޓަކައި ސޮލިޑާރިޓީ އެމްވީގެ ނަމުގައި އުފައްދައި ހަރަކާތްތެރިވަމުން އަންނަ ގްރޫޕަކުންނެވެ. މި ގްރޫޕުގައި ޑޮކްޓަރުންނާއި ގާނޫނީ ވަކީލުންނާއި އެކި ޚިޔާލުގެ އެކި ފިކުރުގެ ދެޖިންސުގެ މީހުން ހިމެނޭ ކަމަށް އެ ފަރާތުން މައުލޫތު ދެ އެވެ.

މާދަމާގެ މި އިހުތިޖާޖާބެހޭ ގޮތުން އެ ގްރޫޕުގެ މެންބަރު ނަވީން ސައީދު "މި" ނޫހަށް މައުލޫމާތު ދެމުން ބުނީ މި މައްސަލައިގައި ރައީސް ޑރ. މުއިއްޒާ ބައްދަލު ކުރުމުގެ ފުރުސަތަކަށް އެދި ރައީސް އޮފީހަށް ސިޓީއެއް ލާފައިވާނެ ކަމަށާއި ނަމަވެސް އެކަމަށް އަދި ވެސް ވަކި ޖަވާބެއް ނުލިބޭ ކަމަށާއި އެހެންވެގެން، މަޖިލީސް މެދުވެރިކޮށް ޕްރެޝާ ކުރުމުގެ މަސައްކަތް ފަށަން ނިންމީ ކަމަށެވެ.

"މި މައްސަލާގަ ރައީސް އޮފީހަށް ސިޓީ ވެސް ލައިފިން ރައީސާ ބައްދަލު ކުރެވޭތޯ ބަލަން. އަދި ޖަވާބެއް ނުލިބެ. މަޖިލީސް ތްރޫކޮށް ވެސް ޕާސް ކުރެވޭތޯ މިބަލަނީ. މިހާރު އޮތީ ބިލް ހުށަހަޅާފަ. އެ ފާސްނުކޮށްގެން މި އުޅެނީ. އެ ބިލް ފާސް ނުކުރެވިގެން އުޅެނިކޮށް މަޖިލީސް ޗުއްޓީއަށް ދާން އެއުޅެނީ. ސޯ، އެކަން އަވަސްކުރުމަށް ޕްރެޝާ ކުރަން އަނެއްކާ ވެސް މަގުމައްޗަށް ނުކުންނަން މި ނިންމީ. އަޅުގަނޑުމެންގެ ޓީމުން ބޮޑަށް ފޯކަސް ކުރަނީ ސަރުކާރު އަދި މަޖްލިސް މެދުވެރިކޮށް ކުރެވެން ހުރި ކަންކަން ކުރުމަށް އެކަމަށް އަޑުއުފުލާ އެކަމަށް ޕްރެޝާކުރުން،" ނަވީން ބުންޏެވެ.

"ޕާސްޕޯޓް ބޭން ކުރުމުގެ އިތުރަށް ރާއްޖޭގެ އެންމެ ބޮޑަށް އިސްކޮށް މި އުޅޭ، ބްރޭންޑްތައް ބޮއިކޮޓް ކުރަން މި ގޮވާލަނީ. އޭގެ ތެރޭގަ ޕޫމާ. ކޭއެފްސީ، ޕިއްޒާ ހަޓް، އަދި އެޗްޕީ،"

އިޒްރޭލު މީހުން ރާއްޖެއަށް އެތެރެ ނުވެވޭނެހެން އިމިގްރޭޝަން ގާނޫނު އިސްލާހު ކުރުމަށް އެދި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅީ މިދިޔަ ނޮވެމްބަރު، 19 ގަ އެވެ. ނަމަވެސް އެ ބިލްގެ ބަހުސް އަދި ނުފެށި އުޅެނިކޮށް މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ނިންމައި މެންބަރުން ޗުއްޓީއަށް ދާނެ އެވެ.

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން މަނާކުރުމަށް ގޮވާލައި، ސޮލިޑާރިޓީ އެމްވީ އިސްނައިގެން މި ފަހުން ވަނީ ރައްޔިތުންގެ މަޖިލީހާއި ފޮރިން މިނިސްޓްރީ ކުރިމަތީގައި ވެސް މުޒަހާރާ ކޮށްފަ އެވެ. އެ މުޒާހަރާތަކުގައި ދެ ޖިންސުންގެ ގިނަ ބަޔަކު ވައިވެރިވެ، އަޑުއުފުލި އެވެ. މީގެ އިތުރުން ޕިއްޒާ ހަޓާއި ކޭއެސްސީ، ބޮއިކޮޓް ކުރަން ގޮވައިލާ އެތަންތަނުގެ ކުރިމަތީގައި ވެސް އަންނަނީ ސިލްސިލާކޮށް އިޖުތިޖާޖު ކުރަމުންނެވެ.

އިޒުރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ ލާއިންސާނީ އަނިޔާއާއި ޖައްސަމުން އަންނަ ބިކަ ހާލުގެ ސަބަބުން ދިވެހީން އަބަދު ވެސް އިޒުރޭލުގެ ޔަހޫދީންނަށް ނުރުހުމުގެ ބަސް ރައްދު ކުރެ އެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ރާއްޖެ އައިސްގެން އުޅުނު އިޒުރޭލުގެ ލޮލުގެ ޑޮކްޓަރުންނާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ކުރި އެވެ. 

ކޮމެންޓް

2
450
ށައިސްތާ އެޗް ރޮބިންސަން
4 months ago

އައި ލަވް އެމެރިކާ، ބަޓް ނޮޓް މޯ ދެން ފަލަސްތީން.

ތަތޫ
4 months ago

މި މަސަތްކަތުގައި އަމަލީ ގޮތުން ވީހާވެސް ގިނަ ދިވެހީން ބައިވެރިވުމަށް ގޮވާލަން!

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.