ގުރައިދޫ މަރުކަޒުގައި ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

ހާއްސަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ ގުރައިދޫ މަރުކަޒުގައި އަބަދުވެސް ގިނަ ބަޔަކު ބައިތިއްބާފައި ތިބެ އެވެ.

ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ހިން ތަމްރީނު ޕްރޮގްރާމްގެ ބައެއް ބައިވެރިން -- ފޮޓޯ: ފެމިލީ ޑިވެލޮޕްމަންޓް

ގުރައިދޫ މަރުކަޒުގައި ތަމްރީން ޕްރޮގްރާމެއް ހިންގައިފި އެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން، މާލެ އަތޮޅު ގުރައިދޫ މަރުކަޒުގައި ހިންގި ފަސް ދުވަހުގެ މި ޕްރޮގްރާމަކީ ހާއްސަ އެހީގެ މަރުކަޒުގައި ތިބޭ މީހުނާމެދު އަމަލުތައް ރަނގަޅަށް ބަހައްޓައި ހަރުދަނާ އަދި ފުރިހަމައަށް އެ ފަރާތްތަކަށް ހިދުމަތްތައް ފޯރު ކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމެކެވެ. 

މި ޕްރޮގްރާމްގައި ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މުއައްޒަފުން އަމަލު ކުރާނެ ގޮތުގެ އަތްމަތީ ފޮތަށް އަހުލުވެރި ކުރުވުން ވެސް ހިމެނެ އެވެ. 

ގުރައިދޫ މަރުކަޒުގައި ތިބޭ ފަރާތްތަކަށް ފުރިހަމަ ހިދުމަތެއް ދޭން އަޅަން ޖެހޭ ފިޔަވަޅުތަކާއި ވިސްނަންޖެހޭ ކަންކަމާއި ގުޅޭ ގޮތުން މި ތަމްރީނު ޕްރޮގްރާމްގައި މައުލޫމާތު ފޯރުކޮށްދީފައި ވެއެވެ.  

ހާއްސަ އެހީއަށް ބޭނުންވާ ގިނަ ބަޔަކު އަބަދުވެސް ގުރައިދޫ މަރުކަޒުގައި ތިބެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.