އަމީރުގެ މައްޗަށް މާލޭގައި ޣައިބަށް ކަށުނަމާދު ކުރަނީ

އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ ކުވައިތުގެ އަމީރު އަވަހާރަވުމާ ގުޅިގެން އެމަނިކުފާނު މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މާދަމާ ރޭ އިޝާ ނަމާދުގެ ފަހުން އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށެވެ.

ކުވޭތުގެ އަމީރު ޝައިހް ނަވާ

ކުވައިތުގެ އަމީރު އަވަހާރަވުމާ ގުޅިގެން އެމަނިކުފާނު މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މާދަމާ ރޭ އިޝާ ނަމާދުގެ ފަހުން އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ނިންމައިފި އެވެ. 

ކުވޭތުގެ އަމީރު ޝައިހު ނަވާފް އަލް އަހުމަދު އަލްޖާބިރު އަލް ސަބާހު އުމުރުން 86 އަހަރުގައި މިއަދު ވަނީ އަވަހާރަ ވެފައެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ ރާއްޖެއާ ނުހަނު ގާތް އަހްވަންތަ ގުޅުމެއް އޮންނަ ކުވައިތުގެ އަމީރު އަވަހާރަވުމާ ގުޅިގެން އެމަނިކުފާނު މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މާދަމާ ރޭ އިޝާ ނަމާދުގެ ފަހުން އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށެވެ. ވީހާ ވެސް ގިނަ ބަޔަކު ނަމާދުގައި ބައިވެރިވުމަށް ވެސް އެދިފައިވެއެވެ.

އަމީރު އަވަހާރަވުމުގެ ހިތާމާ ގަަައި މާދަމާ އިން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުޢިއްޒު ވަނީ ނިންމަވާފަައެވެ.

އަމީރު އަވަހާރަވި ސަބަބު އެ ގައުމުގެ ކަމާބެހޭ އެއްވެސް ފަރާތްތަކުން ހާމައެއް ނުކުރެ އެވެ. ހަމައެކެނި އަވަހާރަވުމާއި ހިތާމަ އިއުލާން ކުރުން ފިޔަވަ އެވެ.

"މިއަދަކީ ކުވޭތަށް ވަރަށް ހިތާމަވެރި ދުވަހެއް،" ކުވައިތުގެ ދައުލަތުގެ ޓީވީން ދެއްކި ބަޔާނެއްގައި ބުނެފައިވެ އެވެ.

ދައުލަތުގެ ޓީވީން މިކަން އިއުލާން ކުރުމަށް ފަހު ގަވާއިދުން ކުރިއަށް ގެންދާ ޕްރޮގްރާމްތައް ހުއްޓާލައި ގުރުއާނުގެ ކިޔެވުމުގެ ބްރޯޑްކާސްޓަކަށް ވަނީ ބަދަލު ކޮށްފަ އެވެ.

ޝެއިގް ނަވާފް ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މިދިއަ ނޮވެމްބަރު މަހު އެމަޖެންސީ ސިއްހީ މައްސަލައެއްގެ ސަބަބުންނެވެ. ނަމަވެސް އާލާސްކަންފުޅޭ ބެހޭ ގިނަ ތަފްސީލުތަކެއް އޭރުވެސް ހިއްސާއެއް ނުކުރެ އެވެ. އެކަމަކު އަމީރުގެ ހާލުކޮޅު ރަނގަޅު ކަމަށް އޭރު އިއުލާން ކުރި އެވެ.

ކުވައިތުގެ ވެރިކަމާއި ދެން ހަވާލުވެ ވަޑައިގަންނަވާނީ އަމީރުގެ އެއްބަނޑު އެއްބަފާ ކޮއްކޮ މެޝަލް އަލް އަހުމަދު އަލް ޖާބިރެވެ. އެ މަނިކުފާނުގެ އުމުރުން 83 އަހަރެވެ. އެކަން ރަސްމީކޮށް މިހާރު ވަނީ އިއުލާނު ވެސް ކުރައްވާފައެވެ. ޝެއިޚް ނަވާފް މަގާމާ ހަވާލު ވެ ވަޑައިގަތީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ޝެއިހު ސަބާހު އަލް އަހުމަދު އަލް ޖާބިރު އަލް ސަބާހު އުމުރުން 91 އަހަރުގައި އެމެރިކާގައި އަވަހާރަ ވުމުންނެވެ.

ޝައިޚް ނަވާފް ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ދިހަވަރަކަށް އަހަރު މަތީ މަގާމުތައް ފުރުއްވެވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.