ކުވޭތުގެ އަމީރު ޝައިހު ނަވާފް އަލް އަހުމަދު އަލްޖާބިރު އަލް ސަބާހު އުމުރުން 86 އަހަރުގައި މިއަދު ވަނީ އަވަހާރަ ވެފައެވެ.
ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްސަބާހް އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ގަައުމީ ދިދަ ބައި ބައިދަނޑިއަށް ތިރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިރޭ ބުނީ އަމީރު އަވަހާރަވުމުގެ ހިތާމާ ގަަައި މާދަމާ އިން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުޢިއްޒު ނިންމަވާފަައިވާ ކަމަށެވެ.
ކުވޭތުގެ އަމީރު ޝައިހު ނަވާފް އަލް އަހުމަދު އަލްޖާބިރު އަލް ސަބާހު އުމުރުން 86 އަހަރުގައި މިއަދު ވަނީ އަވަހާރަ ވެފައެވެ.
އަމީރު އަވަހާރަވި ސަބަބު އެ ގައުމުގެ ކަމާބެހޭ އެއްވެސް ފަރާތްތަކުން ހާމައެއް ނުކުރެ އެވެ. ހަމައެކެނި އަވަހާރަވުމާއި ހިތާމަ އިއުލާން ކުރުން ފިޔަވަ އެވެ.
"މިއަދަކީ ކުވޭތަށް ވަރަށް ހިތާމަވެރި ދުވަހެއް،" ކުވައިތުގެ ދައުލަތުގެ ޓީވީން ދެއްކި ބަޔާނެއްގައި ބުނެފައިވެ އެވެ.
ދައުލަތުގެ ޓީވީން މިކަން އިއުލާން ކުރުމަށް ފަހު ގަވާއިދުން ކުރިއަށް ގެންދާ ޕްރޮގްރާމްތައް ހުއްޓާލައި ގުރުއާނުގެ ކިޔެވުމުގެ ބްރޯޑްކާސްޓަކަށް ވަނީ ބަދަލު ކޮށްފަ އެވެ.
ޝެއިގް ނަވާފް ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މިދިއަ ނޮވެމްބަރު މަހު އެމަޖެންސީ ސިއްހީ މައްސަލައެއްގެ ސަބަބުންނެވެ. ނަމަވެސް އާލާސްކަންފުޅޭ ބެހޭ ގިނަ ތަފްސީލުތަކެއް އޭރުވެސް ހިއްސާއެއް ނުކުރެ އެވެ. އެކަމަކު އަމީރުގެ ހާލުކޮޅު ރަނގަޅު ކަމަށް އޭރު އިއުލާން ކުރި އެވެ.
ކުވައިތުގެ ވެރިކަމާއި ދެން ހަވާލުވެ ވަޑައިގަންނަވާނީ އަމީރުގެ އެއްބަނޑު އެއްބަފާ ކޮއްކޮ މެޝަލް އަލް އަހުމަދު އަލް ޖާބިރެވެ. އެ މަނިކުފާނުގެ އުމުރުން 83 އަހަރެވެ. ނަމަވެސް އަދި ރަސްމީކޮށް އެކަން ވެސް އިއުލާން ކޮށްފައެއް ނުވެ އެވެ.
ޝެއިޚް ނަވާފް މަގާމާ ހަވާލު ވެ ވަޑައިގަތީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ޝެއިހު ސަބާހު އަލް އަހުމަދު އަލް ޖާބިރު އަލް ސަބާހު އުމުރުން 91 އަހަރުގައި އެމެރިކާގައި އަވަހާރަ ވުމުންނެވެ.
ޝައިޚް ނަވާފް ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ދިހަވަރަކަށް އަހަރު މަތީ މަގާމުތައް ފުރުއްވެވި އެވެ.