ޝެއިޚް ނަވާފް މަގާމާ ހަވާލު ވެ ވަޑައިގަތީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ޝެއިހު ސަބާހު އަލް އަހުމަދު އަލް ޖާބިރު އަލް ސަބާހު އުމުރުން 91 އަހަރުގައި އެމެރިކާގައި އަވަހާރަވުމުންނެވެ.
ކުވޭތުގެ އަމީރު ޝައިހު ނަވާފް އަލް އަހުމަދު އަލްޖާބިރު އަލް ސަބާހު އުމުރުން 86 އަހަރުގައި މިއަދު އަވަހާރަ ވެއްޖެ އެވެ.
އަމީރު އަވަހާރަވި އެ ގައުމުގެ ސަބަބު ކަމާބެހޭ އެއްވެސް ފަރާތްތަކުން ހާމައެއް ނުކުރެ އެވެ. ހަމައެކެނި އަވަހާރަވުމާއި ހިތާމަ އިއުލާން ކުރުން ފިޔަވަ އެވެ.
"މިއަދަކީ ކުވޭތަށް ވަރަށް ހިތާމަވެރި ދުވަހެއް،" ކުވައިތުގެ ދައުލަތުގެ ޓީވީން ދެއްކި ބަޔާނެއްގައި ބުނެފައިވެ އެވެ. ދައުލަތުގެ ޓީވީން މިކަން އިއުލާން ކުރީ ގަވާއިދުން ކުރިއަށް ގެންދާ ޕްރޮގްރާމްތައް ހުއްޓާލައި ގުރުއާނުގެ ކިޔެވުމުގެ ބްރޯޑްކާސްޓަކަށް ބަދަލު ކޮށްފަ އެވެ.
ޝެއިގް ނަވާފް ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މިދިއަ ނޮވެމްބަރު މަހު އެމަޖެންސީ ސިއްހީ މައްސަލައެއްގެ ސަބަބުންނެވެ ނަމަވެސް އާލާސްކަންފުޅޭ ބެހޭ ގިނަ ތަފްސީލުތަކެއް އޭރުވެސް ހިއްސާއެއް ނުކުރެ އެވެ. އެކަމަކު އަމީރުގެ ހާލުކޮޅު ރަނގަޅު ކަމަށް އޭރު އިއުލާން ކުރި އެވެ.
ކުވައިތުގެ ވެރިކަމާއި ދެން ހަވާލުވެ ވަޑައިގަންނަވާނީ އަމީރުގެ އެއްބަނޑު އެއްބަފާ ކޮއްކޮ މެޝަލް އަލް އަހުމަދު އަލް ޖާބިރެވެ. އެ މަނިކުފާނުގެ އުމުރުން 83 އަހަރެވެ. ނަމަވެސް އަދި ރަސްމީކޮށް އެކަން ވެސް އިއުލާން ކޮށްފައެއް ނުވެ އެވެ.
ޝެއިޚް ނަވާފް މަގާމާ ހަވާލު ވެ ވަޑައިގަތީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ޝެއިހު ސަބާހު އަލް އަހުމަދު އަލް ޖާބިރު އަލް ސަބާހު އުމުރުން 91 އަހަރުގައި އެމެރިކާގައި އަވަހާރަ ވުމުންނެވެ.
ޝައިޚް ނަވާފް ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ދިހަވަރަކަށް އަހަރު މަތީ މަގާމުތައް ފުރުއްވެވި އެވެ.