އަމީނީ މަގުގެ މަސައްކަތް މުއްތޮލިބު ބައްލަވައިފި

އަމީނީމަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެ މަޝްރޫއުގައި 1.79 ކިލޯމީޓަރުގެ މަގު ހެދުން ހިމެނެ އެވެ.

އަމީނީ މަގުގެ މަސައްކަތް ހިނގާ ގޮތް މިނިސްޓަރު މުއްތޮލިބު މިއަދު ވަޑައިގެން ބައްލަވާލައްވާ މައުލޫމާތު އޮޅުން ފިލުއްވަނީ

އަމީނީ މަގުގައި ނުނިމި ބާކީ އޮތް ބައިގެ މަސައްކަތް ހިނގާ ގޮތް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ބައްލަވާލައްވައިފި އެވެ.

މިއަދު ވަނީ އަމީނީ މަގުގައި މަސައްކަތް ހިނގަމުންދާ ސަރަހައްދަށް ވަޑައިގެން މަސައްކަތް ހިނގާ ގޮތް ބައްލަވާ މައުލޫމާތު އޮޅުން ފިލުއްވަވާފަ އެވެ. މިިނިސްޓަރާއެކު އެ ސައިޓަށް އެ މިނިސްޓްރީގެ އެހެން ވެރިން ވެސް ވަޑައިގަތެވެ. 

ކުރީ ސަރުކާރުން ހަދަން ފަށާއި ނިންމާ ނުލެވި އޮތް އަމީނީ މަގުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފެށީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. 

ކުރީ ސަރުކާރު ނިމުނުއިރު އަމީނީ މަގުން ހަދާފައި ވަނީ ހައުސިން މިނިސްޓްރީއާ ހަމައަށެވެ. އެ މަގުން ނުނިމި އޮތީ މަގުގެ ސެގްމެންޓް 12 އަދި 13 އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެށީ އެ ދެ ސެގްމެންޓްގެ މަސައްކަތެވެ. 

އަމީނީމަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެ މަޝްރޫއުގައި 1.79 ކިލޯމީޓަރުގެ މަގު ހެދުން ހިމެނެ އެވެ. މި މަސައްކަތް ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހާވާލު ކުރީ 84.4 މިލިޔަން ރުފިޔާ އަށެވެ. ކުރީގެ ރައީސް ސޯލިހްގެ ވެރިކަމުގައި ފެށި އެ މަސައްކަތް ސަރުކާރު ނިމުނު އިރު ވެސް ނުނިންމުނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.