ފަރަށް އެރުމުގެ ސަބަބުން ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ އެ ދޯނި އަދި ފުނެއް ނުކުރެވެ އެވެ.
މާލެ އަތޮޅު ތުލުސްދޫން ފުރައިގެން އެ އަތޮޅު މާފުށްޓަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް، ގުޅި ކައިރީގައި އޮންނަ ފަރަކަށް އަރައިފި އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެ އެވެ.
ފަރަށް އެރީ "ޑޮނަޓެއްލާ" ދޯންޏެވެ. އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައި ވެއެވެ.
ފަރަށް އެރި އިރު "ޑޮނަޓެއްލާ" ގައި ދިވެއްސަކާއި ތިން ބިދޭސީ ފަޅުވެރިން ތިއްބެވެ. އެ ދޯނި، ފަރަށް އެރީ މިއަދު ހެނދުނު އެވެ. މިހާރު އޭގައި ތިބި ފަޅުވެރިން ވަނީ ކޯސްޓްގާޑް ލޯންޗުގައި ވަނީ މާލެ ގެނެސްފަ އެވެ.
ފަރަށް އެރުމުގެ ސަބަބުން "ޑޮނަޓެއްލާ" ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އަދިވެސް އެ ދޯނި ފަރުމަތީން ފުނެއް ނުކުރެވެ އެވެ.