ލަވަކިޔުންތެރިޔާ ޕެޑްރޯ ލައިވް ޝޯތެރޭގައި މަރުވެއްޖެ

ޕެޑްރޯ މަރުވި އިރު އުމުރަކީ 30 އަހަރެވެ. މަރުވި އިރު އަންބަކާއި އެއް މަހުގެ ތުއްތު ކުއްޖަކު އޮވެ އެވެ.

ޕެޑްރޯ ހެންރިކް އަދި އޭނާ މަރުވުމުގެ ކުރިން ސްޓޭޖްމަތީގައި

ބްރެޒިލްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕެޑްރޯ ހެންރިކް އޭނާގެ ބޭންޑާއެކު ސްޓޭޖްމަތީގައި ލައިވް ޕާފޯމެއްގައި ހުއްޓާ ހިތް ހުއްޓިގެން މަރުވެއްޖެ އެވެ.

ޕެޑްރޯ މަރުވީ މިދިޔަ ބުދަ ދުވަހުގެ ރޭގަ އެވެ. ޕެޑްރޯ އަކީ މިއުޒިކްގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ލަވަކިޔުންތެރިއެކެވެ. އުމުރުން ތިން އަހަރުގައި މިއުޒިކުގެ ތެރެއަށް ވަން ޕެޑްރޯ 2015 ވަނަ އަހަރުގައި އޭނާގެ ލަވަތައް ޔޫޓިއުބަށް ލުމުން ބޮޑު ކާމިޔާބީއެއް ލިބިފައި ވެއެވެ.

ޕެޑްރޯ މަރުވުމުން އޭނާގެ އާއިލާއަށާއި މިއުޒިކް ބޭންޑް "ޓޮޑާ މިއުޒިކް" އަދި އޭނާގެ ފޭނުންނަށް ހިތާމައާ ކުރިމަތިވެފައި ވެއެވެ.

ޕެޑްރޯ މަރުވުމުން "ޓޮޑާ މިއުޒިކް" އިން ވަނީ ހިތާމަ ފާޅުކޮށް އެމީހުންގެ އިންސްޓަގްރާމް ޕޭޖްގައި ޕޯސްޓެއް ވެސް ކޮށްފަ އެވެ. އެ ޕޯސްޓްގައިވާ ގޮތުން ގެއްލިގެން ދިޔައީ އެންމެންގެ ވެސް ރައްޓެއްސެކެވެ. 

ޕެޑްރޯ މަރުވި އިރު އުމުރަކީ 30 އަހަރެވެ. އޭނާ މަރުވި އިރު އަންބަކާއި އެއް މަހުގެ ތުއްތު ކުއްޖަކު އޮވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.