އެކްސިޑެންޓް ގައި ޖާދުއަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. ޖާދުގެ އަތުގެ ހަތަރު ތަނެއް ވަނީ ބިނދިފަ އެވެ.
ނުރައްކާތެރި އެކްސިޑެންޓެއް ގައި ފިލްމީ ތަރި / މަޝްހޫރު ޑިޒައިނަރު ޖާދުﷲ އިސްމާއީލް (ޖާދު) އަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.
ޖާދުއަށް އަނިޔާވި ނުރައްކާތެރި އެކްސިޑެންޓް ހިނގީ އަވައްޓެެރި ލަންކާ ގައެވެ.
އެކްސިޑެންޓް ހިނގީ އިއްޔެ މެންދުރު އެވެ. ޖާދުގެ ގާތް ފިލްމީ ބައެއް ފަންނާނުން ބުނީ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑް ފަަހަތަށް ޖެހި އޮޓޯ އަކުން ޖެހިގެން ކަމަށެވެ. އޭރު ޖާދު އައީ ހިނގާފައެވެ.
އެކްސިޑެންޓް ގައި ޖާދުއަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ.
އެގޮތުން ޖާދުގެ އަތުގެ ހަތަރު ތަނެއް ވަނީ ބިނދިފަ އެވެ.
ދެ ފައިގެ ބޮޑު ބައެއް ވަނީ ހަލާކުވެފައެވެ. ފައިގެ ބައެއް ވަނީ މަސްގަނޑު މުޅީން ވީދިފައެވެ.
ޖާދު ލަންކާ އަށް ދިޔައީ ލޮލުގެ އޮޕަރޭޝަނެއް ކުރާށެވެ.