ދިހަހާސް ހަމަ ވަނީ ހަ ޕާޓީގައި، އެހެން ޕާޓީތަކަށް ފައިސާ ނުލިބޭނެ

ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން އިންސައްތަ އެއް ސިޔާސީ ޕާޓީތަކަށް ދެ އެވެ. އެ ފައިސާ ދެނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ.

ދިހަހާސް މެންބަރުން ހަމަވަނީ ހަ ސިޔާސީ ޕާޓީއެއް ގަައި

2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކުރި ދުވަހާ ހަމަޔަށް ދިހަހާސް މެންބަރުން ހަމަވަނީ ހަ ސިޔާސީ ޕާޓީއެއް ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން އިންސައްތަ އެއް ސިޔާސީ ޕާޓީތަކަށް ދެ އެވެ. އެ ފައިސާ ދެނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ.

ޕާޓީ ގައި އެ އަދަދު ހަމަވޭތޯ ބަލަނީ ބަޖެޓް ފާސް ކުރާ ދުވަހުގެ ނިޔަލަށް ހިމެނޭ މެންބަރުންގެ އަދަދުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް / ތަރުޖަމާން އިސްމާއީލް ހަބީބު ދެންމެ ވިދާޅުވި ގޮތުގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރި ދުވަހާ ހަމަޔަށް ދިހަހާސް މެންބަރުން ހަމަވަނީ ހަ ސިޔާސީ ޕާޓީއެއް ގައެވެ. 

އެއީ، އެމްޑީޕީ އާއި ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްޑީއޭގެ އިތުރުން ކޮންގްރެސް ޕާޓީ ގައެވެ.

މި ލިސްޓް ގައި އަލަަށް ހިމެނުނީ ކޮންގްރެސް ޕާޓީ އެވެ. މިދިޔަ ނޮވެންބަރުގެ ނިޔަލަށް 3،000 މެންބަރުން ތިބި ކޮންގްރެސް ޕާޓީ އަށް މަސް ދުވަސްތެރޭ އެތައް ހާސް ބަޔަކު ވަނީ ގުޅިފައެވެ. އެއީ މިހާރު އޮތް ސަރުކާރު ހިންގާ މައި ޕާޓީ އެވެ.

މި އަހަރުގެ ލިސްޓުން އުނިވެ މެންބަރުންގެ އަދަދު ދަށްވީ މޯލްޑިވްސް ނެޝަނަލް ޕާޓީ ގައެވެ. 

ހަބީބު "މި" ނޫހަށް ދެންމެ ވިދާޅުވީ ޕާޓީތަކުގައި މެންބަރުން ހިމެނޭ އަދަދު މި މަހުގެ 31 ވަނަ ދުވަހު ހާމަ ކުރާނެ ކަމަށެވެ.

އެހެން ކަމުން ޕާޓީތަކުގައި މިވަގުތު މެންބަރުން ތިބި ސީދާ އަދަދެއް ނޭންގެ އެވެ. ޕާޓީތަކުގެ ދަފްތަރު ގައި 10 ޕާޓީ އެއް އެބައޮތެވެ.

އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ ޕީޕަލްސް ނެޝަނަލް ފްރަންޓް ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.