ސޮލާހުއްދީނުގެ ދަރިވަރަކަށް ބްލީ ކުރި މައްސަލައެއް ބަލަން ފަށައިފި

ރާއްޖޭގެ ސްކޫލްތަކުގައި ދަރިވަރުންނަށް ބްލީ ކުރުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ދިމާވެ އެވެ/ އަދި އެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާފައި ވެސް ވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީ ހިންގާ ވެލާނާގެ

ހުޅުމާލޭގެ ސޮލަހުއްދީން ސުކޫލްގެ ދަރިވަރަކަށް އެ ސްކޫލްގެ އެހެން ދަރިވަރުންތަކެއް ބްލީ ކުރި މައްސަލަ އެޑިއުކޭޝަނުން ބަލަން ފަށައިފި އެވެ. 

ސޮލާހުއްދީ ސޫކޫލަކީ ފޭސް ދޭއްގައި ހިންގާ ސްކޫލެކެވެ. ބްލީ ކުރި މައްސަލައެއް ކުރިމަތިވެފައި ވަނީ އެ ސްކޫލްގެ 
އެއްވަނަ ގްރޭޑްގައި ކިޔަވާ ދަރިވަރަކަށެވެ. 

މި މައްސަލާގައި އެޑިއުކޭޝަނުން ބުނެފައި ވަނީ އެ މައްސަލަ ބަލަމުން ގެންދާ ކަމަށެވެ. އިތުރު އެއްވެސ ތަފުސީލެއް އަދި ނުދެ އެވެ. 

ދަރިވަރަށް ބްލީ ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރު ކުރަމުން ދެ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ދަރިވަރުގެ ގަޔަށް އަތްލައި އޭނާގެ ބޮލުގެ އިސްތަށިގަނޑުން ބައެއް ކޮށާލައި ދަރިވަރު ބޭނުން ކުރާ ފަންސުރުތައް ހަލާކު ކޮށްލާފައި ވެއެވެ.

އެ ފޮޓޯތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޕޯސްޓް ކުރި ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެ ދަރިވަރު ސަލާހުއްދީން ސްކޫލަށް ދާން ފެށިތާ އަދި ގިނަ ދުވަސްތަކެއް ނުވެއެވެ. އެ ޕޯސްޓްތަކުގައި ބެލެނިވެރިޔަކާ ހަވާލާދީ ބްލީ ކުރާން ފެށުމުގެ ސަބަބުން ދަރިވަރުގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް ބުނެފައި ވެއެވެ.

ދަރިވަރުގެ ބެލެނިވެރިން އެ މައްސަލާގައި ސުކޫލްގެ ޕްރިންސިޕަލާއި ކުލާސްޓީޗަރާއި ބައްދަލު ކުރި ކަމަށް ވެއެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ދަރިވަރުންނަށް ބްލީ ކުރުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ދިމާވެ އެވެ/ އަދި އެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާފައި ވެސް ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.