ކުޅިވަރު ވަޒީރު، ރޭސިން އެސޯސިއޭޝަނާ ބައްދަލު ކުރައްވައިފި

ރާއްޖޭގެ ތިން ސަރަހައްދެއްގައި ބައިނަލްއަގުވާމީ ރޭސިން ޓްރެކަކާއި ޑްރިފްޓިން ސްޓޭޑިއަމެއް އަޅައި ދިނުމަކީ ރައީސް، މުއިއްޒުގެ ރިޔާސީ ވައުދެއް

ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު، ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އޮފިޝަލުންނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލު ކުރެއްވުން ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު މިނިސްޓްރީގަ އެވެ.  

މިނިސްޓްރީން ބުނީ މިއަދުގެ ބައްދަލުވުމުގައި ވަޒީރު ރާފިއު، ދެއްކެވި ވާހަކަފުޅުގައި ރޭސިން ޓްރެކް ތަރައްގީ ކުރުމާބެހޭ ގޮތުން އެ އެސޯސިއޭޝަންގެ އިސް ފަރާތްތަކާއެކު މަޝްވަރާ ކުރެއްވި ކަމަށެވެ. 

މީގެ އިތުރުން އެސޯސިއޭޝަނުން ހަރަކާތްތައް ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމާބެހޭގޮތުން ވެސް ވަރަށް ފުޅާކޮށް މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓްރީން ބުނެ އެވެ. 

ރާއްޖޭގެ ތިން ސަރަހައްދެއްގައި ބައިނަލްއަގުވާމީ ރޭސިން ޓްރެކަކާއި ޑްރިފްޓިން ސްޓޭޑިއަމެއް އަޅައި ދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. 

އެމަނިކުފާނު ވިދާޅުވެފައިވަނީ ރޭސިންއަކީ ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ކުޅިވަރެއް ކަމަށާއި އެހެންކަމުން އެކަމަށް ޚާއްސަ ރޭސިން ޓްރެކެއް ގާއިމު ކުރާނީ މާލެ ސަރަހައްދުގައްޔާއި ދެކުނާއި އުތުރުގައި ކަމަށެވެ. 

ރޭސިން އަކީ މިހާރު ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ދެވިފައި ކުޅިވަރެކެވެ. އެގޮތުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ، އާއި ހުޅުމާލެ އާއި ކުޅުދުއްފުށި ސިޓީގެ އިތުރުން އެހެން ބައެއް ރަށްރަށުގައި ވެސް މިހާރު، ރޭސް ޖެހުމާއި ޑްރިފްޓިން ފަދަ ހަރަކާތްތައް ކުރިއަށް ގެންދެ އެވެ.

ރޭސިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް ރަޖިސްޓްރީ ކުރެވުނީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.