ފަސިންޖަރުންނާއި މުދާ އުފުލާ ދެ ބޯޓެއް ފަރަށް އަރައިފި

ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަމުންދާއިރު ހުރިހާ ފަސިންޖަރުންގެ ހާލު ވެސް ރަގަޅެވެ. ފަޖިސްޖަރުން މިހާރު ދަނީ ކުޅުދުއްފުއްޓަށް ދަތުރުކުރަމުންނެވެ.

ބަހާދަރު ބޯޓް ފަރަށް އަރާފައި -- ފޮޓޯ: ފޭސްބުކް

ގިނަ އަދަދެއްގެ މުދާ ބަރު ކޮށްގެން ދިޔަ ބޯޓަކާއި ފަޖިސްޖަރުންނާއެކު ދަތުރު ކުރި ބޯޓެއް ފަރަށް އަރައިފި އެވެ.

ފަރަށް އެރި އެއް ބޯޓަކީ ހދ. ކުޅުދުއްފުށީ "ބަހާދަރު" ބޯޓެވެ. އެ ބޯޓު ރޭ ދަންވަރު 1:30 އެހާކަންހާއިރު ފަރަށް އަރާފައި ވަނީ 52 ފަޖިސްޖަރުންނާއެކު ދަތުރު ކުރަމުން ދަނިކޮށެވެ. ބޯޓު ފަރަށް އެރީ ނ. އަތޮޅު ދެކެނަންފަރު ހިސާބުން ކަމަށް ބޯޓުން ވަނީ މައުލޫމާތު ދީފަ އެވެ.

ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަމުންދާއިރު ހުރިހާ ފަސިންޖަރުންގެ ހާލު ވެސް ރަނގަޅެވެ. ފަޖިސްޖަރުން މިހާރު ދަނީ ކުޅުދުއްފުއްޓަށް ދަތުރު ކުރަމުންނެވެ.

މިއަދު ހެނދުނު 6:15 ހާއިރު އިތުރު ބޯޓެއް ވަނީ ފަރަށް އަރާފަ އެވެ. އެއީ ލ. ދަނބިދޫގެ "ބަލަސްމާ" ބޯޓެވެ. މި ބޯޓަކީ މުދާ އުފުލާ ނާލު ބޯޓެކެވެ.

އެރަށު ކައުންސިލުން ބުނެފައި ވަނީ ބޯޓުގެ މުދާތައް ސަލާމަތް ކުރުމަށް އެ ރަށުގެ ދޯނި ފަހަރުތަކާއި ރައްޔިތުން އެކުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.