މައުމޫންގެ ތާއީދާއި ތައުރީފު ދަަރިކަނބަލުން ދުންޔާ އަށް

މިދިއަ ރިޔާސީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ހަމައަށް ދުންޔާ ހުންނެވީ އެމްއެންޕީގަ އެވެ. އޭގެ ފަހުން ޕީޕީއެމާއި ގުޅިގެން މަސައްކަތް ކުރައްވަމުން ވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވައިގެނެވެ.

ދުންޔާ މައުމޫން އަދި ރައީސް މައުމޫން

ރައީސް މައުމޫނުގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރުގެ ދުންޔާ މައުމޫން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް / ޕީއެންސީގެ ޓިކެޓްގައި ވާދަ ކުރައްވަން ނިންމަވައި ފޯމު ހުށައެޅުއްވުމުން ރައީސް މައުމޫން، އެކަމަނާ އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ކާމިޔާބަށް އެދިވަޑައިގެންފި އެވެ. 

އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި މައުމޫން ވިދާޅުވި ގޮތުގައި ދުންޔާ އަކީ އަކީ ތައުލީމީ ގޮތުން ވަރަށް ފާހަގަކޮށްލެވުނު ކާމިޔާބު ދަރިވަރެެކެވެ. އެކަމަނާ އަކީ ޕީޕީއެމް އުފެއްދެވުމުގައި އެމަނިކުފާނާ އެކު ހުންނެވި ބޭފުޅެއް ކަން ވެސް ފާހަގަ ކުރެއްވި އެވެ.

އަދި ވިދާޅުވީ ދުންޔާ އަކީ ރާއްޖޭގެ ފުރަތަމަ އަންހެން ފޮރިން މިނިސްޓަރު ކަމަށެވެ. އެކަމަނާ އެ މަގާމަށް ވަޑައިގެންނެވީ ޕީޕީއެމްގެ މެންބަރެއްގެ ހައިސިއްޔަތުން އެ ޕާޓީގެ ފުރަތަމަ ވެރިކަމުގައި ކަމަށް ވެސް ވިދާޅުވި އެވެ. އަދި މަގާމުގައި ހުންނަވާ ދިވެހީންގެ މިނިވަން ކަން ހިމާޔަތް ކުރެއްވުމަށް އެހެން ގައުމުތަކާ ކުރިމަތިލައްވާ މަސައްކަތްޕުޅު ކުރެއްވި އެވެ.

ދުންޔާ ކުރިމަތިލައްވަނީ ހުޅުމާލެ ދެކުނުގެ ދާއިރާ އަށެވެ.

މިދިއަ ރިޔާސީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ހަމައަށް ދުންޔާ ހުންނެވީ އެމްއެންޕީގަ އެވެ. އޭގެ ފަހުން ޕީޕީއެމާއި ގުޅިގެން މަސައްކަތް ކުރައްވަމުން ވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވައިގެނެވެ.

އެކަމަނާ އަކީ ކުރިންސުރެ އެކަމަނާގެ ބޮޑުބޭބޭފުޅު ރައީސް ޔާމީން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވައިގެން ސިޔާސީ މަސައްކަތުގައި އުޅުއްވެވި ބޭފުޅެކެވެ. ދުންޔާ ފާހަގަ ކުރެވިފައި ވަނީ ސިޔާސީ ކަންކަމުގައި އަވަސް ނިންމުންތައް ނިންމާ ސިޔާސީ މައިދާނުގައި އެއްގޮތެއްގައި ސާބިތުވެ ނުހުންނެވޭ ބޭފުޅެއްގެ ގޮތުގައެވެ. އެކަމާއި ގުޅިގެން ވަރަށް ބޮޑު ފާޑު ކިޔުމެއް އަބަދުވެސް އޮވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ފޮރިން މިނިސްޓަރު ކަމުގައި ހުންނެވުމަށް ފަހު އިސްތިއުފާ ދެއްވާ ސަރުކާރާ ފެއަށް ޖެހިވަޑައިގަތެވެ. ނަމަވެސް ފަހުން ކުއްލި ގޮތަކަށް އަލުން ސަރުކާރާ ގުޅުނެވެ. ރައީސް ޔާމީން ދެން ދެއްވީ ސްޓޭޓް މިނިސްޓަރު ކަމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.