އަލީ އާދަމް ވަކިކުރަން މަޖިލީހުން ފާސްކޮށްފި

އެ ރިޕޯޓަށް މިއަދު ތަޅުމުގައި ވޯޓަށް އެހުމުން، އަލީ އާދަމް ވަކިކުރަން ފެންނަ ކަމަށް 46 މެމްބަރުން ވަނީ ވޯޓް ދެއްވާފަ އެވެ. ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓް ދެއްވި އެވެ.

ހދ. ޖުޑިޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް

ވަރިވާން އެދި ކުޅުދުއްފުށީ ކޯޓަށް ހުށަހެޅި މައްސަލައެއްގައި ހިމެނޭ އަންހެނަކަށް ގުޅައި މެސެޖުކޮށް ހެދިކަމުގެ ތުހުމަތު ކުރެވޭ އެ ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމް ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އަލީ އާދަމް މަގާމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައި މަޖިލީހަށް ފޮނުވީ، ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ވަރިވާން މައްސަލައެއް ހުށަހެޅި އަންހެނަކަށް ގުޅައި މެސެޖު ކުރި ކަމަށް އަމިއްލައަށް އިއުތިރާފް ވުމުންނެވެ.

ޖޭއެސްސީ އިން އަލީ އާދަމް ވަކިކުރަން މަޖިލީހަށް ހުށަހެޅުމުން އޭނާ ވަކިކުރަން ޖުޑިޝަރީ ކޮމެޓީ ވަނީ ނިންމާފަ އެވެ. އެ ރިޕޯޓަށް މިއަދު ތަޅުމުގައި ވޯޓަށް އެހުމުން، އަލީ އާދަމް ވަކިކުރަން ފެންނަ ކަމަށް 46 މެމްބަރުން ވަނީ ވޯޓް ދެއްވާފަ އެވެ. ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓް ދެއްވި އެވެ.

ޖޭއެސްސީން ކުރިން ބުނެފައި ވަނީ ވަރިވާން ހުށަހެޅި އަންހެން މީހާއަށް އަލީ އާދަމް ގުޅައި މެސެޖުކޮށް، ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި ހެދިކަން، ލިބިފައިވާ ހެކިތަކުންނާއި އޭނާގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ. އަދި އޭނާ ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާއިރު، އޭނާ މަސައްކަތްކޮށްފައި ވަނީ ނުނިޔަތެއްގައި ނުބައި މަގްސަދެއް އޮވެގެންކަން ވެސް ސާބިތުވާ ކަމަށެވެ.

އަލީ އާދަމް ވަކިކުރުން ލަސްވެގެން ޖޭއެސްސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މީގެ އިތުރުން ވެސް އޭނާގެ އެހެން މައްސަލަތައް ބަލައި އެ ކޮމިޝަނުން ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން ދާދިފަހުން ވަނީ އޭނާގެ ދަރަޖަށް އިސް މެޖިސްޓްރޭޓްގެ މަގާމުން މެޖިސްޓްރޭޓަށް ދަށްކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.