އޭނާއަށް މެންބަރު ކަމުގެ ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް، އަލީ އަބްދުއްލަތީފް އައްޔަން ކުރައްވަފި އެވެ.
ގއ. ވިލިނގިލި / ބީޗުހައުސް، އލީ އަބްދުއްލަތީފް ކޮމިޝަންގެ މެންބަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަނު ކުރައްވާފައި ވަނީ ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އޭނާ ޖޭއެސްސީގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) އާއި، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ 10 ވަނަ ނަންބަރާއި، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު ގެ 69 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން، އިންތިހާބުކުރާ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުންނެވެ.
އޭނާއަށް މެންބަރު ކަމުގެ ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.