ފުރަތަމަ އަންހެން ފޮރިން ސެކްރެޓަރީއަކަށް އިނާޔާ

އަންހެނުން ބާރުވެރި ކުރުވައި ހަމަހަމަ ފުރުސަތު ހޯދައިދިނުމާއި ސިޔާސީ މަގާމުތަކުން ފުރުސަތުތައް ހޯއްދަވައި ދެއްވުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން ގެންގުޅޭނެ މުހިންމު ސިޔާސަތެއް ކަމަށް ވަނީ ކުރިން އިއުލާންކޮށްފަ އެވެ.

ފާތުމަތު އިނާޔާއަށް ފޮރިން ސެކްރެޓަރީ ކަމުގެ ފަތްކޮޅު އަރުވަނީ

ފުރަތަމަ ފަހަރަށް ރާއްޖޭގައި ފޮރިން ސެކްރެޓަރީގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

އެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވީ މއ. ރެސްޓިންހައުސް / ފާތުމަތު އިނާޔާ އެވެ. އޭނާއަށް އެ މަގާމު ދެއްވާ މަގާމުގެ ފަތްކޮޅު މިއަދު ވަނީ އަރުވާފަ އެވެ. 

އިނާޔާ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މިނިސްޓަރުގެ ނައިބުގެ މަގާމުގަ އެވެ. އެކަމަނާއަކީ ފޮރިން ސާވިސްގައި ގިނަ ދުވަސްވެފައިވާ އެ ދާއިރާގެ ވަރަށް ބޮޑު ތަޖުރިބާކާރެކެވެ. އެކަމަނާ ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގަ އެވެ. ކުރީން ސިންގަޕޫރަށް ކަނޑައަޅުއްްވާ ނޮން ރެސިޑެންޓް ސަފީރުކަން ވެސް އެކަމަނާ ކުރެއްވެވި އެވެ.

ފޮރިން ސެކްރެޓަރީގެ މަގާމުގައި ކުރިން ހުންނެވީ އަހުމަދު ލަތީފެވެ.

އަންހެނުން ބާރުވެރި ކުރުވައި ހަމަހަމަ ފުރުސަތު ހޯދައިދިނުމާއި ސިޔާސީ މަގާމުތަކުން ފުރުސަތުތައް ހޯއްދަވައި ދެއްވުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން ގެންގުޅޭނެ މުހިންމު ސިޔާސަތެއް ކަމަށް ވަނީ ކުރިން އިއުލާންކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.