އެކްޓިންއަށް ދިއުމުން އާއިލާ ހައިރާންވި: ޓްރިޕްތީ

ޓްރިޕްތީ ދިމްރީ ވަނީ ފިލްމު އެންޓް ޓެލެވިޝަން އިންސްޓިޓިއުޓް އޮފް އިންންޑިއާ އިން އެކްޓިން އެކްޓިން ޓްރެއިނިން ހޯދާފަ އެވެ.

ޓްރިޕްތީ ދިމްރީ

އެކްޓިން އިހުތިޔާރު ކުރުމުން އާއިލާއަށް ހައިރާންކަން ލިބުނު ކަމަކަށް ވި ކަމަށައި އެއީ މުޅި އާއިލާ އުފާވެފައިވާ ނިންމުމެއް ކަމަށް ބޮލީވުޑްގެ ބަތަލާ ޓްރިޕްތީ ދިމްރީ ބުނެފި އެވެ.

ޓްރިޕްތީ ދިމްރީއަކީ ރަންބީރް ކަޕޫރްގެ ފިލްމު "އެނިމަލް" ގައި އޮތް އޭނާގެ ސަޕޯޓިން ރޯލުން ވިދާލާފައި ބޮޑު މަޝްހޫރު ކަމެއް ލިބިފައިވާ މިހާރު އަރާ ތަރިއެކެވެ. އެކަމަކު މީގެ ކުރިން ޓްރިޕްތީ ވަނީ ސްރީދޭވީގެ "މޮމް" އާއި ބޮބީ ޑިއޯލްގެ "ޕޯސްޓަ ބޯއި" އާއި "ލައިލާ މަޖުނޫ" ކުޅެފަ އެވެ. އޭނާ ބޮޑަށް ފާހަގަވީ ނެޓްފްލިކްސް އިން 2020 ގައި ގެނެސް ދިން ބިރުވެރި ފިލްމު "ބުލްބުލް" އާއި "ގަލާ" އިންނެވެ. 

އޭނާ ބުނީ ވަރަށް ބޮޑަށް ހިޔާލީ ދުނިޔެއްގައި އުޅެމުން އައިސް ކެރިއަރެއްގެ ގޮތުގައި އެކްޓިން ހިޔާރު ކުރީ ކުއްލިއަކަށް ކަމަށެވެ.

"ސްކޫލްގައި ކިޔެވި އިރު ވެސް އަހަރެން ވަރަށް ބަސް މަދުވާނެ. އަދި ވަރަށް ދުރުދުރުން އުޅުނު މީހެއް އަހަންނަކީ... ކުއްލިއަކަށް އެތައް ބައެއްގެ ކުރިމަތީގައި އެކްޓްކުރަން ނިންމުމުން މަބައިންބަފައިން ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެއް،"

ޓްރިޕްތީ ދިމްރީ އަކީ މިހާރު އެންމެ އުންމީދީ ބަތަލާއެވެ. އޭނާ ވަނީ ފިލްމު އެންޓް ޓެލެވިޝަން އިންސްޓިޓިއުޓް އޮފް އިންންޑިއާ އިން އެކްޓިން އެކްޓިން ޓްރެއިނިން ހޯދާފަ އެވެ. އަދި ވަރަށް ރީތިވެފައި ހުނަރުވެރިކަމުން އޭނާއަށް ވަނީ ވަރަށް ބޮޑު ސަމާލު ކަމެއް ލިބިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.