ފަސް ކެންޑިޑޭޓަކު 20،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފި

ކޮމިޝަނުން ނިންމީ ފަސް ކެންޑިޑޭޓެއްގެ މާލީ ބަޔާން ހުށައެޅީ ރަނގަޅަށް ނޫން ކަމުގައެވެ. އެހެން ކަމުން ކޮންމެ ކެންޑިޑޭޓެއް 20،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.

ޖޫރިމަނާ ކުރި ފަސް ކެންޑިޑޭޓުންގެ ތެރެއިން ހަތަރު ކެންޑިޑޭޓުން

މާލީ ބަޔާން ގޯސްކޮށް ހުށައެޅުމާއި ގުޅިގެން ރިޔާސީ އިންތިހާބު ގައި ވާދަކުރި ފަސް ކެންޑިޑޭޓަކާއި އެ ކެންޑިޑޭޓުންގެ އެޖެންޑުން ޖޫރިމަނާ ކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިހާބަށް ކުރިމަަތިލީ 8 ކެންޑިޑޭޓުންގެ މާލީ ބަޔާން އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އަދި ކޮމިޝަނުން އެ ބަޔާންތައް ދިރާސާ ކުރުމަށް ފަހު އިންތިހާބާ ބެހޭ ގާނޫނު ގައި ބަޔާން ކޮށްފައިވާ ކަންކަން ފުރިހަމަ ނުވާތީ މާލީ ބަޔާންތައް ހުށައަޅާފައިވާ ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓާ މެދު ފިޔަވަޅު އެޅުމަށް މިއަދު ބޭއްވި ކޮމިޝަންގެ ބައްދަލްވުމުގައި ނިންމާފައިވާ ކަމަށެވެ.

ކޮމިޝަނުން ނިންމީ ފަސް ކެންޑިޑޭޓެއްގެ މާލީ ބަޔާން ހުށައެޅީ ރަނގަޅަށް ނޫން ކަމުގައެވެ. އެހެން ކަމުން ކޮންމެ ކެންޑިޑޭޓެއް 20،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ. އަދި އެ ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓުން ކޮންމެ އެޖެންޓެއް ހަ ހާސް ރުފިޔާ އިން ޖޫރިމާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

އެ ކެންޑިޑޭޓުންނަކީ؛

  •  އުމަރު ނަސީރު - ހ. ދޮންޖޭމުގެ / މާލެ
  •  ހަސަން ޒަމީލް - މއ. މާވެޔޮ ވިލާ / މާލެ
  •  އަހްމަދު ފާރިސް މައުމޫން - މއ. ކިނބިގަސްދޮށުގެ / މާލެ
  •  އިލްޔާސް ލަބީބު - ބުލޫސްކައި / ސ. ހުޅުދޫ
  •  މުހައްމަދު ނާޒިމް - މ. ސީނުކަރަންކާގެ / މާލެ

އެ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓުން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ވެސް ވަނީ އަންގާފައެވެ. 

ރިޔާސީ އިންތިހާބު ގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން ގާނޫނު ގައި ބުނާ އުސޫލާ އެއްގޮތަށް މާލީ ބަޔާން ހުށައަޅާފައި ވަނީ ރައީސް ޑރ. މުހައްްމަދު މުއިއްޒު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގާސިމް އިބްރާހިމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.