ދިޔަމިގިލީގައި 10،000 ރުފިޔާ ލިބޭ ފުޓްސަލް މުބާރާތެއް ފަށަނީ

މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 10،000ރ ލިބޭ އިރު ދެވަނައަށް ދާ ޓީމަށް ތައްޓާއި މެޑެލް، އަދި އެހެނިހެން ވަނަ ތަކަށް ހަނދާއި ލިޔުމާއި މެޑެއްޔާ ޓްރޮފީ ދޭނެ

ދިޔަމިގިލި ކައުންސިލް: ފުޓްސަލް މުބާރާތް ބާއްވައި ދެނީ ކައުންސިލުން

ތ. ދިޔަމިގިލި ކައުންސިލުން ރަށަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

ދިޔަމިގިލީގައި ކުރިން އުފައްދާފައިވާ ޓީމް ތަކާއި މުބާރާތަށް ރަށުގެ ޒުވާނުން އުފެއްދި ޓީމްތަކުން ބައިވެރިވެފައިވާ މި މުބާރާތް އޮންނާނީ މި މަހުގެ 24 އިން ފަށައިގެން ނުވަ ދުވަހަށެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 10،000ރ. ލިބޭ އިރު ދެވަނައަށް ދާ ޓީމަށް ތައްޓާއި މެޑެލް، އަދި އެހެނިހެން ވަނަ ތަކަށް ހަނދާއި ލިޔުމާއި މެޑެއްޔާ ޓްރޮފީ ދޭނެ އެވެ.

ދިޔަމިގިލީގެ ކައުންސިލަރު އަހްމަދު ޒަހީން ވިދާޅުވީ ހަ ޓީމެއް ބައިވެރިވާ މި މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެގޮތުން ދަނޑު ރީތި ކުރުމާއި ސަރަހައްދު ސާފު ކުރުމުގެ މަސައްކަތްތައް ވެސް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މުބާރާތުގެ ވަނަވަނައަށް ދާ ޓީމްތަކަށް، އިނާމް ހުށަހެޅުމުގެ ފުރުސަތު ކައުންސިލުން މިހާރު ހުޅުވާލާފައިވާ ކަމަށާއި ރަށުގެ ވިޔަފާރިވެރީންނާއި އާންމު ގިނަ ބަޔަކު އެކަމަށް އިޖާބަ ދޭނެ މަށެވެ.

"ޗެމްޕިއަން ޓީމަށް ކައުންސިލުން ފައިސާގެ އިނާމް މި ދެނީ. ނަމަވެސް ރަށުގެ އަމިއްލަ ވިޔަފާރިވެރިންނަށް އިނާމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި،" ޒަހީން ވިދާޅުވި އެވެ.

އާބާދީގައި ހާހެއްހާ މީހުން އުޅޭ ދިޔަމިގިއްޔަކީ ކުޅިވަރަށް ލޯބިކުރާ ޒުވާނުންތަކެއް އުޅޭ ރަށެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.