ތިނަދޫ ކައުންސިލަކީ ސިޓީ ކައުންސިލެއް ކަމަށް ކޮމެޓީން ނިންމައިފި

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ދަރަޖަ ދެއްވާފައި ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެރަށަށް ވަޑައިގެން، އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ.

ކުރީން ބޭއްވި ލާމަރުކަޒީ ކޮމެޓީ ބައްދަލުވުމެއްގައި ތިނަދޫ ކައުންސިލާއި، ކައުންސިލްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް --

މި އަހަރުގެ އޮގަސްޓްމަހު ސިޓީއެއްގެ ދަރަޖަ ދީފައިވާ ގދ. ތިނަދޫ ކައުންސިލްގެ ހައިސިއްޔަތާމެދު ސުވާލު އުފެދިފައިވާ މައްސަލަ ދިރާސާކުރުމަށްފަހު، އެއީ ސިޓީއެއް ކައުންސިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީ އިން މިއަދު ނިންމައިފި އެވެ.

ތިނަދޫ ކައުންސިލްގެ ފަރާތުން މި މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ، ރަށުގެ ދަރަޖަ، ސިޓީއަކަށް ބަދަލުކޮށްފައިވާއިރު، ކައުންސިލްގެ ހައިސިއްޔަތާ މެދު ސުވާލު އުފެދިގެންނެވެ. އެގޮތުން، އެކި އިދާރާތަކުން ކައުންސިލަށް ނިސްބަތްކޮށް އެޑްރެސްކުރާ ގޮތާއި، ހިދުމަތް ދިނުމުގައި ދިމާވާ ގޮންޖެހުންތަކާއި އަދި، ކައުންސިލަރުންނާއި މުވައްޒަފުންގެ މުސާރަ ބަޖެޓް ކުރުމުގައި ހުރި ދަތިތައް ކައުންސިލްގެ ފަރާތުން ފާހަގަކޮށްފައިވެ އެވެ.

"ރަށް ސިޓީއަކަށް ބަދަލުކޮށްފި 30 އޮގަސްޓުން ފެށިގެން. އެކަމަކު [ކައުންސިލް] އިދާރާއާ ދޭތެރޭގަ އަމަލުކުރަމުން މިދަނީ 200 އާބާދީ ހަމަނުވާ ރަށަކާ ދޭތެރޭ އަމަލުކުރަމުންދާ ގޮތަށް. ސައިކޮލޮޖިކަލީ ބަލާ ކަމުގާ ވަނީ ނަމަވެސް އަޅުގަނޑުމެންނަށް އަސްލު ދިމާވާ މައްސަލަތަކެއް ވެސް އެބަހުރި. އެއީ އެކި އިދާރާތަކުން އަޅުގަނޑުމެންނަށް ސިޓީ އެޑްރެސް ކުރައްވަނީ އެކި ގޮތް ގޮތަށް،" ތިނަދޫ ކައުންސިލްގެ ރައީސް / މޭޔަރު ސައުދު އަލީ ކުރިން ކޮމެޓީއަށް ހާޒިރުވެ ވިދާޅުވެފައިވެ އެވެ.

މި މައްސަލަ ދިރާސާ ކުރުމަށްފަހު މިއަދު ލާމަރުކަޒީ ކޮމެޓީން ނިންމާފައި ވަނީ، ރަށު ކައުންސިލް ދައުރުގެ މެދު ތެރެއިން ސިޓީއެއްގެ ދަރަޖަ ލިބިއްޖެ ނަމަ، އެ ކައުންސިލްގެ ހައިސިއްޔަތު ސިޓީއެއްގެ ދަރަޖަ އަށް ބަދަލުވެގެން ދާނެ ކަމަށެވެ. އަދި، ކައުންސިލާ މުހާތަބު ކުރަން ޖެހޭނީ ސިޓީ ކައުންސިލެއްގެ ގޮތުގައި ކަމަށާއި ކައުންސިލްގެ ރައީސަކީ އެ ސިޓީގެ މޭޔަރު ކަމަށެވެ.

އަދި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ސިޓީ ކައުންސިލަށް ލިބިދޭ ބާރުތަކާއި މަސްއޫލިއްޔަތުތައް އެކައުންސިލަށް ލިބިދީފައިވާ ކަމަށް ވެސް ނިންމާފައިވެ އެވެ. އެހެންކަމުން، އެ ކައުންސިލަކީ ސިޓީ ކައުންސިލެއްކަން ވީ އެންމެ އަވަހަކަށް ކަނޑައަޅައި ދިނުމަށް ދިނުމަށް ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކުގައި ދަންނަވަން ކޮމެޓީން ނިންމާފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އެ ކޮމެޓީއަށް ހާޒިރުވެވަޑައިގެން ކައުންސިލްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް ކުރިން ވިދާޅުވެފައި ވަނީ، ސިޓީއަކުން ދޭން ޖެހޭ ހިދުމަތްތައް ރަށު ކައުންސިލުން ދޭން ޖެހުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ. އެކަމަށް އަވަސް ހައްލެއް ލިބުމަކީ މުހިންމު ކަމެއްކަން ވެސް އޭނާ ފާހަގަކުރައްވާފައިވެ އެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ދަރަޖަ ދެއްވާފައި ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެރަށަށް ވަޑައިގެން، އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.