ކޮންގްރެސް އާއި ޕީޕީއެމުން މަޖިލީސް 20 އަށް އަމާޒުކޮށް ބާއްވާ ޕްރައިމަރީ އޮންނާނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތުމަތު ސައުދާ ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރެއްވުމަށް ނިންމަވައިފި އެވެ.
ސައުދާއަކީ ރައީސް މުއިއްޒުގެ އެއްބަނޑު ކޮއްކޯފުޅެވެ. އޭނާ ވަނީ ސައިކޮލޮޖީ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފަ އެވެ.
ޓިކެޓް ހޯއްދެވުމަށް އޭނާ ޕްރައިމަރީ ފޯމް ލެއްވީ އެއީ ޕީޕީއެމާއި ކޮންގްރެސްގެ ޕްރޮގްރެސިވް ކޯލިޝަނުން މަޖިލީހުގެ ފ. ނިލަންދޫ ދާއިރާއަށް ވާދަ ކުރައްވާށެވެ.
ސައުދާގެ ފޯމާއި ހަވާލުވެ ވަޑައިގެންނެވީ ކޮންގްރެސް ޕާޓީގެ ޗެއާ ޕާސަން އަދީ ރައީސް މުއިއްޒުގެ މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު ޢަބްދުއްރަހީމް އަބްދުﷲ އެވެ.
ކޮންގްރެސް އާއި ޕީޕީއެމުން މަޖިލީސް 20 އަށް އަމާޒުކޮށް ބާއްވާ ޕްރައިމަރީ އޮންނާނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.