29 ކޯޓަކަށް މެޖިސްޓްރޭޓުން ހޯދަން އިއުލާނު ކޮށްފި

ޖޭއެސްސީން ހޯދަނީ 27 އިސް މެޖިސްޓްރޭޓަކާއި ދެ މެޖިސްޓްރޭޓެކެވެ. ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 31 ވަނަ ދުވަހަށް ދެ އެވެ.

މެޖިސްޓްރޭޓުން ހުވާކުރުމަށް މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން

އަތޮޅުތަކުގެ ގިނަ އަަދަދެއްގެ މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުންނާއި އިސް މެޖިސްޓްރޭޓުން ހޯދަން އިއުލާނު ކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އިއުލާނުގައިވާ ގޮތުން އެ ކޮމިޝަނުން ހޯދަމުން ދަނީ ދެ މެޖިސްޓްރޭޓަކާއި، 27 އިސް މެޖިސްޓްރޭޓެކެވެ. 

ޖޭއެސްސީގެ އިއުލާނުގައި ފަނޑިޔާރު ކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 31 ވަނަ ދުވަހުގެ 12:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ބުނެފައިވެ އެވެ.

އިސް މެޖިސްޓްރޭޓުން ހޯދާ ރަށްތައް

  • 1.ހއ. ކެލާ
  • 2.ހއ. ބާރަށް
  • 3.ހއ. މާރަންދޫ
  • 4.ހދ. ނެއްލައިދޫ
  • 5.ހދ. ވައިކަރަދޫ
  • 6.ށ. މާއުނގޫދޫ
  • 7.ނ. ވެލިދޫ
  • 8.ރ .އުނގޫފާރު
  • 9.ބ. ގޮއިދޫ
  • 10.ބ. ތުޅާދޫ
  • 11.ޅ. ހިންނަވަރު
  • 12.ކ. ކާށިދޫ
  • 13.ކ. ދިއްފުށީ
  • 14.އއ. ހިމަންދޫ
  • 15.އއ. މާޅޮސް
  • 16.އއ. ފެރިދޫ
  • 17.ވ. ފުލިދޫ
  • 18.ވ. ކެޔޮދޫ
  • 19.ފ. ފީއަލީ
  • 20.ދ. މީދޫ
  • 21.ލ. މާމެންދޫ
  • 22.ލ. މާވަށު
  • 23.ގއ. މާމެންދޫ
  • 24.ގދ. ގައްދޫ
  • 25.ގދ. ރަތަފަންދޫ
  • 26.ގދ. ނަޑައްލާ
  • 27.ގދ. ފިޔޯރީ

މެޖިސްޓްރޭޓުން ހޯދާ ރަށްތައް

  • 1.އދ. މާމިގިލި
  • 2.ސ. ހިތަދޫ

ޖޭއެސްސީ އިން ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، މި މަގާމުތަކުގެ ތެރެއިން އިސް މެޖިސްޓްރޭޓަކަށް މުސާރަ އާއި އިނާޔަތްތަކާއެކު މަހަކު 25،600ރ. ލިބޭއިރު މެޖިސްޓްރޭޓަކަށް މަހަކު 23،450ރ. ލިބެ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސް ލިބޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.