ރައީސް ޔާމީން ޖަލުން ގެއަށް ބަދަލު ކޮށް ދިނުމުގެ ކުރީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސް ޔާމީން ގެއަށް ބަދަލު ކޮށް ދެއްވުމަށް ރައީސް ސޯލިހުގެ ސަރުކާރުގައި އެދި ވަޑައިގެންފަ އެވެ.
ދިގު ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމުގައި ހުންނެވި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދިން އެއްވެސް ލުޔެއް ނެތް ކަމަށް ރައީސް ޔާމީންގެ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ހެދުމުގެ މަސައްކަތުގައި އިސްވެ އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން ދިގު ޖަލު ހުކުމެއްގައި ހުންނަވަނީ ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށް ސާބިތު ވެގެން 11 އަހަރަށް އެ މަނިކުފާނު ޖަލަށް ލުމުންނެވެ.
ނަމަވެސް މިިދިއަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭ ގޮތް ނުވެ ދިއުމަށްފަހު ރައީސް ސޯލިހު ވަނީ ރައީސް ޔާމީން ޖަލުން ގެއަށް ބަދަލު ކުރައްވާފަ އެވެ. އޭގެ ފަހުން ރައީސް ޔާމީން މާލޭ ބަންދަށް ވެސް ވަނީ ބަދަލުކޮށް ދެއްވާފަ އެވެ. ރައީސް ޔާމީން މާލޭ ބަދަލު ކުރީ އިގްރާރެއްގައި ސޮއި ކޮށްފައި ލުއިތަކެއް ދިނުމަށް ފަހުގަ އެވެ. އެ ދިން ލުއިތަކުގެ ތެރޭގައި ބޭސް ފަރުވާ އަށް ގެއިން ބޭރަށް ނުކުތުމާއި ކަސްރަތު ކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ.
ކުރީ ސަރުކާރުން ރައީސް ޔާމީން ޖަލުން ގެއަށް ބަދަލު ކޮށް ދިނުމުގެ ކުރީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސް ޔާމީން ގެއަށް ބަދަލު ކޮށް ދެއްވުމަށް ރައީސް ސޯލިހުގެ ސަރުކާރުގައި އެދި ވަޑައިގެންފަ އެވެ.
ޔާމީންގެ އާ ޕާޓީ، ޕީއެންއެފްއަށް އެ މަނިކުފާނު ސޮއި ކުރައްވަން ރޭ ބޭއްވި ހަފްލާއެއްގައި މަލީހް ވިދާޅުވީ ޔާމީން އަދިވެސް ހުންނެވީ ޖަލު ބަންދެއްގައި ކަމަށާއި އެމަނިކުފާނަށް ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދެއްކެވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށެވެ. އެކަމަކު ޔާމީން ހުންނެވީ ދޫ ދެއްވާ ގޮތަކަށް ނޫން ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.
މަލީހް ވިދާޅުވި ގޮތުގައި ރައީސް މުއިއްޒުގެ ސަރުކާރަށް މަސް ދުވަސްވާން ދާއިރު އިރު އާ ސަރުކާރުން ރައީސް ޔާމީނަށް ދެވޭނެ ލުއިތައް ހުންނާނެ ކަމަށާއި އެކަމަކު މިދިޔަ ސަރުކާރުގައި އެ މަނިކުފާނަށް ދިން ލުއިތަކަށް ވުރެ އިތުރު ލުއިތަކެއް އަދިވެސް ލިބިގެން ނުދާ ކަމަށެވެ.
ޔާމީން ޖަލުން ގެއަށް ބަދަލު ކުރުމާއި ފަހުން މާލޭ ބަންދަށް ބަދަލު ކުރުމުން ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ސިޔާސީ ހަރަކާތް ފެއްޓެވި އެވެ. ނަމަވެސް، އެއީ، ޖަލުތަކާއި ޕެރޯލްގެ ގާނޫނާ ހިލާފު ކަމަކަށް ވުމުން ކަރެކްޝަންސް އިން އޮތީ އިގުރާރާ ހިލާފުވާ ނަމަ ލުއިތައް އުވާލާނެ ކަމުގެ އިންޒާރު ދީފަ އެވެ.
"ރައީސް ޔާމީން ރައްޔިތުންގެ ހައްގުގައި، ދިވެހި ގައުމުގެ ހައްގުގައި، އިސްލާމް ދީނުގެ ހައްގުގައި ސާބިތު ކަމާއެކު ދިވެހި ރައްޔިތުންނާއެކު ކުރިއަށް ވަޑައިގަތުމުގެ ފުރިހަމަ އަޒުމާއި ހިތްވަރާ އެކުގައި ކަން އަޅުގަނޑު ފާހަގަ ކުރަން،" މަލީހު ވިދާޅުވި އެވެ.