ތިން ސަފީރަކު އައްޔަނު ކުރަން މަޖިލީހަށް ފޮނުވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި އެދިވަޑައިގެންފައި ވަނީ އިނގިރޭސިވިލާތާއި ޔޫއޭއީ އަދި އދ. އަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބުގެ ގޮތުގައި ތިން ބޭފުޅެއްގެ ނަން ފާސްކޮށްދެއްވުމަށެވެ.

ޑރ. އިރުތިޝާމް، މުންދު އަދި ޑރ. އަލީ ނަސީރު

ދިވެހި ރާއްޖެއިން ތިން ގައުމަކަށް ސަފީރުން ކަނޑައެޅުމަށް ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި އެދިވަޑައިގެންފައި ވަނީ އިނގިރޭސިވިލާތާއި ޔޫއޭއީ އަދި އދ. އަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބުގެ ގޮތުގައި ތިން ބޭފުޅެއްގެ ނަން ފާސް ކޮށްދެއްވުމަށެވެ.

  •  ޔޫއޭއީ - އެމްބެސެޑަ އެޓް ލާޖް، މުހައްމަދު ހުސެއިން ޝަރީފް (މުންދު)
  •  އިނގިރޭސިވިލާތް - ޑރ. އިރުތިޝާމް އާދަމް
  •  އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު - ޑރ. އަލީ ނަސީރު މުހައްމަދު

މަޖިލީހުގެ ރިޔާސަތުން، ރައީސް މުހައްމަދު އަސްލަމް މިއަދު ވަނީ އެ ތިން ބޭފުޅުން އައްޔަނުކުރުމުގެ މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވައިފަ އެވެ. 

މި ތިން ބޭފުޅުންގެ ތެރެއިން އިރުތިޝާމް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޔޫތު މިނިސްޓަރެވެ. މުންދު ވަނީ އެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރު ކަމާއި ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރުކަން ކުރައްވައިފަ އެވެ. ހަމަ އެ ސަރުކާރުގައި ޑރ. އަލީ ނަސީރު ވަނީ ފޮރިން ސެކްރެޓަރީގެ މަގާމު ފުރުއްވާފަ އެވެ.

ސަފީރު ކަމަށް ތިން ބޭފުޅެއްގެ ނަން ރައީސް މަޖިލީހަށް ފޮނުއްވާފައިވާއިރު، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ކުރީ ސަރުކާރުން ސަފީރު ކަމަށް އައްޔަނު ކުރަން ހުށަހަޅާފައިވާ ބޭފުޅުންގެ ނަންތައް އަނބުރާ ވަނީ ނަންގަވާފަ އެވެ.

ކޮމެންޓް

3
450
ސަނޫން
1 year ago

އަލިނީ އަކީ މިހާރު ބޭނުން ކުރެވޭނެ މީހެއްނޫން އަލަ—— ވެސް މާރަންގަޅުވާނެ

ހުދުހުދު
1 year ago

އަލިނީ އަކީ ކިޔާވާގެން ހުރިނަމަވެސް ރައީސް މުއީޒުއަށް ހުތުރު ބަހުން އެއްޗެހި ކީމީހެއް މީތި ކަޑަ

އަދުހާމް
1 year ago

ޑރ. އަލީ ނަސީރުއަށް ރުހުން ދީގެން ނުވާނެ މީނާއަކީ އިބޫ އަށް މަލާމާތްކުރި މީހެއް އަދި މިފަހުން ރައީސް މުއީޒުއަށްވެސް މަލާމާތް ކޮށް ފޮރިން މިނިސްޓްރީ ގެ ބައެއް އަންހެން މުއައްޒިފުންގެ ތެރޭގައި އެއްޗެހި ކީމީހެއް ބަލައެއް ނުގަނެވޭނެ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.