ތިތިބީ ދޮގު ހަދައިގެން: ކޮބާ އިންޑިއާ ސިފައިން، ކޮބާ ޗާގޯސް؟

އާ ސަރުކާރު އައީ އިންޑިއާ ސިފައިންގެ މައްސަލަ ވަރަށް ބޮޑަށް ވިއްކައިގެނެވެ. އެ މައްސަލާގައި މިހާރު މައުލޫމާތުތައް ހުރި ގޮތުން އިންޑިއާ ސިފައިންގެ އަދަދު 100 އިން މައްޗަކަށް ނުދެ އެވެ. އެކަމަކު އެއީ ތުހުމަތު ކުރި މައްސަލަ ނެތުމެއް ނޫނެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމަށް އައީ ދޮގުގެ މައްޗަށް ދޮގު ހަދައިގެން ކަމަށާއި ހެދި އެ ހުރިހާ ދޮގުތަކެއް ފަޅާ އަރަމުންދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު އެހެން ވިދާޅުވީ މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ވާދަ ކުރައްވާ އާދަމް އާޒިމާއި މާލޭ ކައުންސިލުން ހުސްވެފައިވާ ތިން ދާއިރާއެއްގެ މެންބަރުން ކަމަށް އެ ޕާޓީން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ފެށުމުގެ ތެރޭގައި ރޭގަ އެވެ. 

ފައްޔާޒް ވިދާޅުވީ ރައީސް މުއިއްޒާއި ބައިވެރިން ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ބޯހިޔާވަހި ކަމަށް ދީފައިވާ ބިންތަކާއި ފުލެޓުތައް އަތު ނުލާށާއި ވަޒީފާތަކުން މީހުން ވަކި ނުކުރަން ވައުދުވި ނަމަވެސް 900 މީހުން އެއްފަހަރާ ވަޒީފާތަކުން ވަކި ކޮށްފައިވާ ކަމަށެވެ. އަދިވެސް ގިނަ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމަށެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންޑިއާގެ އެތައް ހާސް ސިފައިންނެއް ތިބި ކަމަށް ވެސް ބުނަމުން ދިޔައެވެ. އަދި އޮޅުވާލައިގެން ޗާގޯސްގެ ވާހަކަތައް ވެސް ދައްކަމުން ދިޔަ އެވެ. އޮޅުވާލައިގެން ވައުދުވި ގޮތަށް ރާއްޖެއަށް ޗާގޯސް ހޯދައިދޭން ޖެހޭނެ އެވެ.

"ކޮބައިތޯ ޗާގޯސް. ޗާގޯސް ހޯދަން ޖެހޭނެ، [ރައީސް މުއިއްޒުގެ] މި ސަރުކާރުން ޗާގޯސް މި ދިވެހިރާއްޖޭގެ މިލްކަކަށް ހަދަން ޖެހޭނީ. އެ ވައުދުގެ މަތީގައި އެބޭފުޅުން ވެރިކަމަށް އައިސް އެ ތިބީ،" ފައްޔާޒު ވިދާޅުވި އެވެ. 

ފައްޔާޒު ވިދާޅުވީ މިހާރުގެ ސަރުކާރުން ވައުދުތައްވީ ރައީސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގައި ކުރަން ފައްޓަވާފައި ހުރި ކޮންމެވެސް ކަމެއްގެ މައްޗަށް ކުޑަކުޑަ ކަމެއް އިތުރު ކޮށްލައިގެން ކަމަށެވެ. ދެން ވި ހުރިހާ ވައުދަކީ ރޯ ބުހުތާނު ދޮގުތައް ކަމަށެވެ.

"މިއަދު އަޅުގަނޑުމެންނަށް [އެތަން] ފެނިގެން އެދަނީ... ކޮބާތޯ އެތައް ހާސް އިންޑިއާ ސިފައިންތައް؟ ކޮބައިތޯ ޗާގޯސް؟" އޭނާ އެއްސެވި އެވެ. 

ކޮމެންޓް

2
450
ލަދުވެތި މަރީ
1 year ago

އެމްޑީޕީން ލަދު ގަންނަންވާނެ ދޯ ތިހެން ކިޔަން. ކަލޭމެން ހާވާފަ ހުރި ހަޑި. ނަގާނެ ދޯ ދުވަސް. ކީއްކުރަންތަ ވިއްކާލީ ކަނޑު؟؟ ކީއްވެ އިންޑިޔާ ސިފައިން ގެނައީ؟؟

ދާލު
1 year ago

ބުރޯ ކޮބާތަ ބުރޯމެން އެޅި ޓާޝަރީ ހޮސްޕިޓަލްތައް. ކޮބާތަ ލާމުގެ ކެންސަރު ހޮސްޕިޓަލް. ކޮބާތަ ބުރިޖް ކޮބާތަ ގޭދޮށުމަސްފެކްޓަރީތައް.ފަސްއަހަރުވިއިރު އެއްކަމެއް ނުކުރެވުނުބަޔަކު ގައުމުވިއްކާއިނދާޖައްސާފަގޮސް ގޮވާ ގޮވެލިފަތި ބަލާބަލަނިކަން. ލަދެއްނުގަންނާނެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.