ޕީސީއޯއެސްއަށް އާސަންދައިގެ ފުލް ކަވަރޭޖް ދެނީ

ފިރުޒުލް ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި ބަލިތަކާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ފަރުވާ ހޯދައިވާ ކަމަށެވެ.

ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް ހޮސްޕިޓަލް ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލް

ޕޯލިސްޓިކް އޮވަރީ ސިންޑްރޯމް (ޕީސީއޯއެސް) ފަރުވާ އަށް އާސަންދައިގެ ފުލް ކަވަރޭޖް ލިބޭނެ އިންތިޒާމު ހަމަޖައްސަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ބުނި ގޮތުގައި އަންހެނުންނަށް ދިމާވާ އެންޑޯމެޓްރިއޯސިސް އަދި ޕީސީއޯއެސް ގެ ހުރިހާ ފަރުވާ އާސަންދަ އިން ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ވަނީ ނިންމާފައެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި ނިންމާފައިވާ ނިންމުންތައް ހާމަ ކުރުމަށް ބޭއްވި ނޫސްވެރީންގެ ބައްދަލްވުމެއް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފިރުޒުލް މުހައްމަދު ވިދާޅުވީ މި ބަލިތަކަށް ޑައިގްނޯސް ކުރެވޭ ގޮތެއްގެ ސަބަބުން ފުރިހަމަ ފަރުވާ އާސަންދަ އިން ކަވަރު ނުވުމަކީ އާންމުންގެ ކަންބޮޑުވުމެއް / ޝަަކުވާ އެއް ކަމަށެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފިރުޒުލް މުހައްމަދު ނޫސްވެރީންނަށް މައުލޫމާތު ދެއްވަނީ

އެހެން ކަމުން އެކަމާއި ގުޅޭ ކަރުދާހަށް ވަޒީރުން ފުޅާ ދާއިރާއެއް ގައި މަޝްވަރާ ކުރެއްވުމަށް ފަހު އެންޑޯމެޓްރިއޯސިސް އަދި ޕީސީއޯއެސް ގެ ހުރިހާ ފަރުވާ އާސަންދަ އިން ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.

ފިރުޒުލް ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި ބަލިތަކާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ފަރުވާ ހޯދައިވާ ކަމަށެވެ. އެއީ އާންމުން ވަރަށް ބޮޑަށް ހޭލުންތެރި ކުރުވަން ޖެހޭ ދާއިރާއެއް ކަމުން އެ މަސައްކަތް ކުރުމަށް ވެސް ވަޒިރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.